ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކޮށްފިއެވެ.
ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ހދ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ހދ. ނޮޅިވަރަމެވެ. ރޭން ފެށިގެން ވެހުނު ބޯ ވާރޭގެ ސަބަބުން އެ ރަށުގެ %95 ގެތަކަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ބައެއް އާއިލާތައް މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައިވާއިރު، 5 ސަރަޙައްދަކުން ކޯރު ކަނޑައިގެންނާއި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. މި ހާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ:
ހދ.ނޮވިރަމް
ރޭން ފެށިގެން ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމުގައި ފެންބޮޑުވެފައިވާތީ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން. ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއްވާ.
ރަށުގެ %95 ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ޢާއިލާތައް ވަނީ މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައި. މި ޙާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައި.
ޅ.ނައިފަރު
ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވޭ. ނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރިއެއްނުވޭ.
ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވާ.
އަދި މިރަށްތަކުން އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަށް ދެނެގަނެ ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުން— NDMA Maldives (@NDMAmv)October 23, 2026
ހދ. ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 190 އަށްވުރެ ގިނަ ގެއިން އެހީތެރިކަމަށް އެދި ރިޕޯޓްކޮށްފައިވާއިރު، ކުޅުދުއްފުށީ ކައުންސިލުން ދަނީ އެ ގެތަކުގެ ހާލަތު ވަޒަންކުރަމުންނެވެ. އަދި ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް، އެމްއާރުސީ ގުޅިގެން ރަށުތެރެއިން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
ހދ. ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވެއެވެ. ނޮޅިވަރަންފަރުގައި ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާތީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް އެ ރަށުން އެއްވެސް ގެއަކުން މީހުން ހުސްކުރަންޖެހޭ ހާލަތަކަށް އަދި ގޮސްފައި ނުވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ (ހދ. އަތޮޅު):
🌧️ ހދ. ނޮޅިވަރަންފަރު:ވަރަށް ބޯކޮށް ވާރެވެހި ރަށުތެރޭ ފެންބޮޑުވެ، 60 އަށްވުރެ ގިނަ ގެއަކުން ވަނީ ރިޕޯޓްކޮށްފައި. ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައި. ނަމަވެސް މީހުން ހުސްކުރަންޖެހޭ ޙާލަތަކަށް އަދި ނުދޭ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. މިހާރުވެސް ވާރޭ ވެހެމުންދާކަމަށް ކައުންސިލުން މަޢުލޫމާތުދޭ.
🌧️ ކުޅުދުއްފުށި ސިޓީ: ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ ރިޕޯޓްކޮށްފައި. ކައުންސިލުން ދަނީ އެ ގެތަކުގެ ޙާލަތު ބަލަމުން. ކައުންސިލް، ޕޮލިސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން. މިވަގުތު ވާރޭ ވަނީ ހުއްޓާލާފައި.
މިރަށްތަކުގެ ހާލަތު މި އޮތޯރިޓީން ދަނީ ބަލަމުން. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާއި ގުޅިގެން އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމްވެސް ދަނީ ހަމަޖައްްސަމުން.— NDMA Maldives (@NDMAmv)October 23, 2026
ހއ. ތަކަންދޫގެ ބައެއް ސަރަޙައްދުތަކަށާއި ގޭބީސީތަކަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެވި، އެމްއެންޑީއެފްގެ ނޮދަން ކޮމާންޑްގެ ޓީމެއް ވަރަށް އަވަހަށް އެ ރަށަށް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި އަދި ސަރުކާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހއ. ތަކަންދޫ ކައުންސިލް ގުޅުވައި، ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ސެންޓަރަށް ރިޕޯޓު ކުރަންވީގޮތް ކައުންސިލަށް ވަނީ ދަންނަވާފައެވެ.
މީގެ އިތުރުން، ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރިއެއްނުވާ ކަމަށާއި، ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ކައުންސިލާ ހަވާލާދީ އެ އިދާރާއިން ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހއ.ތަކަންދޫގެ ބައެއް ސަރަހައްދު ތަކާއި އާންމު ރައްޔިތުންގެ ގޭބީސީ ތަކަށް ލިބެމުންދާ ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް އަޅުގަނޑު ވާނީ ގެނެސްފައެވެ.ރައްޔިތުންނަށް މިގެއްލުމުން އަރައިގަތުމަށްޓަކައި މިހާރުން މިހާރަށް ކުރެވެންހުރި މަސައްކަތްތައް އިދާރާތަކުން ބަލައި،MNDF ގެ ނޮދަން ކޮމާންޑުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދެއްވުމަށް MNDF ގެ ޓީމެއް ވަރަށް އަވަހަށް ތަކަންދޫއަަށް ފޯރާނެއެވެ.އަދި ސަރުކާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހއ.ތަކަންދޫ ކައުންސިލް ގުޅުވައި،ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ސެންޓަރަށް ރިޕޯޓު ކުރަންވީގޮތް ކައުންސިލަށް ވަނީ ދަންނަވާފައެވެ.
ހއ.ތަކަންދޫގެ ލޮބުވެތި ރައްޔިތުން އެކުވެރިކަމާއެކު މިކަމުން އަރައިގަތުމަަށް ކުރައްވާ މަސައްކަތްޕުޅަށް ލޯތްބާއެކު ޝުކުރު ދަންނަވަމެވެ.އަދި މިކަމުން ލިބެމުންދާ ގެއްލުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ތިޔަ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރުބަލިކަމެއް ނެތި އަޅުގަނޑު މަސައްކަތް ކުރަމުންދާކަމުގައި ދަންނަވަމެވެ.
#ބާރަށުދާއިރާ
@MNDF_Official
@NDMAmv— Ibrahim Shujau (@IbrahimShujaau)October 23, 2026
ކުޅުދުއްފުށި ސިޓީއާއި ނައިފަރުގައި ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނައިރު، ކުޅުދުއްފުށީގައި ކައުންސިލާއި، ފުލުހުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން ދަނީ ކުރަމުންނެވެ.
ބޯކޮށް ވާރޭވެހި، ހދ.ކުޅުދުއްފުށި ސިޓީއާއި ޅ.ނައިފަރުގައި ފެންބޮޑުވެފައިވާތީ، ފެންހިންދުމުގެ މަަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ދަނީ ހަރަކާތްތެރިވަމުން. https://t.co/mqVONoeC7R
— Maldives National Defence Force (@MNDF_Official)October 23, 2026
އެންޑީއެމްއޭއިން ވިދާޅުވީ މި ރަށްތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ ކައުންސިލްތަކާ ގުޅިގެން އެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެއީ 188.3 މިލިލީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ.ހަނިމާދޫއަށެވެ. އެއީ 125.7 މިލިމީޓަރުގެ ވާރޭއެވެ.