މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން މާލެ ސިޓީ ކައުންސިލް އާއި ހަވާލު ނުކުރެވިގެން އުޅެނީ ކައުންސިލް އިން އެކަމަށް ބޭނުން ނުވާތީ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.