އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައިއޮތް ޑައިވިންގ ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންދަނިކޮށް އެދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 13:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައިކަމަށެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 15:30 ހާއިރު ދޯނި ވަނީ އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޑައިވިންގ ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ދޯނި ކައިރިކޮށްފައި އޮތް ސަފާރީ އަށް އަރާފައެވެ. މި ހާދިސާގައި އެކެއްގެ ފައި ފިހިގެން އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.