މިހާތަނަށް އައިއިރު ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2690 ފަރާތަކަށް ގޯތި ދޫކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ބާކީ ތިބި ފަރާތްތަކާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. މިމަސައްކަތް ލަސްވަމުންދަނީ ދަތުރުކޮށްފައި ގުޅީފަޅަށް ދާންޖެހޭތީ އާ ގުޅީފަޅު ތެރޭގައިވެސް ދަތުރުކުރުމަށް ދަތިތަކެއް ހުރުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް އެފަރާތުން ބޭނުންވާނަމަ ގުޅީފަޅަށް ނުގޮސް މާލެއިންވެސް ގޯތި ހަވާލުކުރުމުގ ެ މަސައްކަތް ކުރިޔަށްދާ ގޮތަށް މިހާރު ހަމަޖެހިފައިވާނީ. އެގޮތަށް މިހާރު ގޯތި ލިބުނު މީހުންނަށް އަންގާފައިވާނީ

މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު

މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ފޭސް 3 ހިއްކާ މިހާރު ނިންމާފައިވާއިރު އެތަނުން ގޯތި ލިބުނު މީހުންނަށްވެސް ރަޖިސްޓްރީ ހެދޭ ހިސާބަށް މިހާރު މަސައްކަތްތައް ގޮސްފައިވާކަމަށެވެ. އަދި ސާވޭކޮށް ނިމޭވަރަކުން ގޯތި ހަވާލުކުރަމުންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިޔަށްދާކަމަށާއި އެމަސައްކަތް ނިމުމާއެކު އައު ޕްލޭނާ އެއްގޮތަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްވަރު ހިންގި ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން ގޯތިދުކުރަން ހަމަޖެހިފައިވާއިރު ކުރީ ސަރުކާރުގައި ހަދާފައިވާ ލޭންޑް ޔޫސް ޕްލޭނަށް މިސަރުކާރުން ބަދަލު ގެނައެވެ. އަދި ގިރާވަރުފަޅުން ކުރިން ދޭން ނިންމާފައިވާ ބައެއް ގޯތިތައް ގުޅިފަޅުން ދިނުމަށް ހަމަޖެއްސިއެވެ. އެއާއެކު ކުރިން ދީފައިވާ ރަޖިސްޓްރީތައް ބާތިލުކުރިއެވެ.