އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގައި ރޯވި އަލިފާން ނިއްވަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރު 13:30 ހާއިރެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ދޯނި އަޑިއަށްގޮސްފައިވަނީ މިއަދު މެންދުރުފަހު 15:30 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އެމްއެންޑީމި ޙާދިސާގައި އެކެއްގެ ފައި ފިހިގެން އައްޑޫ ސިޓީ ފޭދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ. ޑައިވިންގ ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ދޯނި ކައިރިކޮށްފައި އޮތް ސަފާރީ އަށް އަރާފައެވެ.