ސަރބިއާއަށް ކަނޑައަޅުއްވާފައިހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސަރބިއާ ގެ ރައީސް ހިޒް އެކްސަލަންސީ އެލެކްސެންޑަރ ވުޗިޗް އަށް މިއަދު އަރުވައިފިއެވެ.