ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައި ވަނީ ނ. މާފަރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓު)ގެ ރިކޯޑުތަކުން ދައްކައިފިއެވެ.
މެޓުން، މިއަދު އާންމުކުރި ރިކޯޑުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ 62.1 މިލިމީޓަރުގެ ވާރޭ ވެހުނު ނ. މާފަރަށެވެ.
ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނީ ރ. އަލިފުއްޓަށް ކަމަށްވީ އިރު، އަލިފުއްޓަށް ވެހިފައި ވަނީ 42.5 މިލިލީޓަރުގެ ވާރެއެވެ. ތިންވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް މެޓުގެ ރެކޯޑްތަކުން ދައްކަނީ ފ. ނިލަންދޫއަށެވެ. އެއީ 37.4 މިލިމީޓަރުގެ ވާރޭއެވެ. އަދި 4 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ފ. ބިލެއްދޫއަސް ކަމަށްވީ އިރު، އެއީ 69.0 މިލިމީޓަރުގެ ވާރޭއެވެ. އަދި ފަސްވަނައަށް އެންމެ ގިނަ ވާރޭ ވެހިފައި ވަނީ 32.9 މިލިލީޓަރުގެ ވާރޭ ވެހުނު ބ.ތުޅާދޫއަށެވެ.
މީގެ އިތުރުން އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ 1.7 މިލިމީޓަރުގެ ވާރޭ ވެހުނު ށ. ކޮމަންޑޫއަށެވެ.
މެޓުން ވަނީ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބ. އަތޮޅުން ދ. އަތޮޅަށް އިއްޔެ 18:00 އިން ފެށިގެން މިއަދުގެ 1:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.