ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާ މާލީ އެހީީގެ ގޮތުގައި މިދިޔަ އޮގަސްޓު މަހު 58 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާ މާލީ އެހީ އަށް ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ އަދަދަކީ 15،665 މީހުންނެވެ. އެގޮތުން އެ އެހީއަށް އަލަށް ރަޖިސްޓަރ ކުރެވުނު ފަރާތްތަކުގެ އަދަދަކީ 169 މީހުން ކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައެވެ

އޭގެ ތެރެއިން މާލީ އެހީ ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަދަދަކީ 15،498 މީހުން ކަމަށާއި، މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް އެންސްޕާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ 58،368،000 (ފަންސާސް އަށް މިލިއަން ތިން ލައްކަ ފަސްދޮޅަސް އަށް ހާސް) ރުފިޔާ ހަރަދުކޮށްފައި ކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.