Live 6,009 stories Updated Sep 19, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މިއަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57 ބިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް ތަޖުރިބާކާރުން ބުނޭ

2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި ސަރުކާރުން ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ހާމަކުރެއްވި ހިސާބުތަކުން ދައްކައިފި އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކަމަށް ބުނެ، ހާބަރު ފުޑް ކޯޓުތައް ހުސްކުރަން އަންގައިފި

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހިންގަމުން އަންނަ ހާބަރު ފުޑްކޯޓުތައް ހުރި ބިން، ތަރައްޤީގެ އައު މަޝްރޫއަކަށް ބޭނުންވާތީ، 90 ދުވަހުގެ ތެރޭގައި އެ ސަރަހައްދު ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފި އެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ބަދަލުތަކެއް ގެނެސްފި

ދިވެހިރާއްޖޭގެ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީޚުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފި އެވެ.

ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތްކުރުމަށް ފަސީހު ގޮވާލައްވައިފި

ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހު ގޮވާލައްވައިފި އެވެ.

ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީނަށް: އެވެރިކަމުގައި ފަނޑިޔާރުން ނިދާފައި ތިއްބާ ރަހީނު ކުރި!

ޝަރުއީ ދާއިރާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ހާލު ކިހިނެއް ބ. ހިތާދޫ: ވަރަށް ކަންކަން ވެއްޖެ، ދެން ހުއްޓާލާ!

ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމަށް މައުލޫމާތު ދިން ބ. ހިތާދޫ އާންމު ރައްޔިތުން ވަނީ މިހާރު ކުރިމަތިވެފައިވާ ދިރިއުޅުމުގެ ބޮޑެތި ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން މަޝްރޫއުތައް ނުހިނގާ ކަމާއި، ތަކެތީގެ އަގު އިންތިހާއަށް އަދި ބޭސް ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކ…

ކައުންސިލް އިންތިޚާބާ ދިމާކޮށް ދަރަވަންދޫ އެއަރޕޯޓުގެ އައު ޓާމިނަލުގެ ބިންގާ އެޅި ނަމަވެސް މިއަދު އެ މަޝްރޫއު އޮތީ ވާނުވާގައި!

ބ. ދަރަވަންދޫ އެއަރޕޯޓުގައި އައު ޓާމިނަލެއް އެޅުމަށް ބިންގާ އެޅިތާ މަސްތަކެއް ވެގެން ދިޔައިރު ވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފެށި، މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީއެންސީން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޤައުމު އިސްކުރާ އެއްވެސް މީހަކު ޕީއެންސީގެ ފަލްސަފާއާ ދެކޮޅެއް ނުވާނެ: ރައީސް މުއިއްޒު

ޤައުމީ މަސްލަހަތު އެންމެ އިސްކުރާ ކޮންމެ މީހަކަށްވެސް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަލްސަފާއާ ދެބަސްވާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ދަނީ މަސައްކަތް ކުރަމުން، ވަރަށް އަވަހަށް 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ: ސީޕީ

ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް މަސައްކަތް ކުރާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

ދިވެހި ރައްޔިތުންގެ ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ވާހަކަދައްކާތީ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި އެވެ.

Loading fresh headlines…