Live 6,009 stories Updated Sep 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ ސީއީއޯ އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ.

ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

ތިނަދޫ ސިޓީގައި ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި އެ ސިޓީގެ މޭޔަރާއި 3 ކައުންސިލަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ.

ބިރު ދައްކައިގެން ގަދަބާރުން ޕީއެންސީ އަށް މެންބަރުން ވައްދާ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްފި

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކައިގެން، ގަދަބާރުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަމުން އަންނަ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފި އެވެ.

ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނެއްގެ ކަންބޮޑުވުންތަކާއެކު ޓްރައިބިއުނަލް އަށް: ވަކިކުރިކަން އެންގީ އޮގަސްޓު މަހު، ޗިޓުގައި އޮތީ ޖުލައި 20 ގައި ކަނޑާލިކަމަށް!

ބ. ހިތާދޫ ފެނަކަ ބްރާންޗުން ވަޒީފާއިން ވަކިކުރި ޒުވާނަކު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފިކަން އިތުބާރު ހުރި ގޮތެއްގައި މި ނޫހަށް އެނގިއްޖެ އެވެ.

ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް…

ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން!

ބ. ހިތާދޫގެ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރި ހިސާބުތަކަށްވެސް އެ މައްސަލައިގެ އަސަރު ފޯރަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ރަށު ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ބިރުދެއްކުމާއި ދޮގު ޚަބަރު ދިންކަމުގެ ތުހުމަތުގައި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާ ގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ޕްލާސްޓިކް ހޮޅި އެތެރެކުރެވޭ ގޮތް ހެދީ ކަރުދާސް ހޮޅި އަވަހަށް ފެނަށް ގިރޭތީ، ޕްލާސްޓިކް ފެންފުޅި އެތެރެކުރެވޭ ގޮތް ހެދީ ފެނުގެ ނިޒާމެއް ގާއިމުކުރެވިފައި ނުވާތީ: މިނިސްޓްރީ

ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

Loading fresh headlines…