ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކައިގެން، ގަދަބާރުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަމުން އަންނަ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފި އެވެ. 

ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

އޭސީސީ އިން އަހުމަދު ސަލީމް (މާޒް ސަލީމް) އަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ، އެ މައްސަލަ އެ ކޮމިޝަންްގައި ރަޖިސްޓްރީ ކޮށްފައިވަ ކަމަށެވެ. އަދި މައްސަލައާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ބޭނުންވާ ނަމަ އެކަން ކޮށްދެވެން އޮތް މިންވަރަކަށް ސާފުކޮށް ދޭނެ ކަމަށެވެ.

މިއީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު މާޒް ސަލީމް އޭސީސީ އަށް ހުށަހެޅި މައްސަލަ އެވެ.

ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
Raajje.mv

ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

މި މައްސަލައިގައި ސަލީމް ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ އަށް މެންބަރުން އިތުރުކުރުމުގެ ގޮތުގައި ވާޒީފާގެ ބިރު ދައްކައިގެން ގަދަބާރުން މަޖުބޫރުކުރުވައިގެން އެތައް ބަޔަކު ޕާޓީ އަށް ވައްދަމުން ގެންދާ ކަމަށެވެ. 

ޕީއެންސީ އަށް ސޮއިނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުން ގެންދާ ކަމަށާއި، ބިރު ދެއްކުމުގެ މެސެޖުތައް މުވައްޒަފުންގެ ފޯނަށް ފޮނުވަމުން ގެންދާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސްޓެލްކޯ އާއި ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ ވެރިން ބިރު ދެއްކުމުގެ މެސެޖު ކުރާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. 

ސަލީމް ބުނެފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދަނީ ކުންފުނިތަކުގެ އެޗްއާރު ސެކްޝަނަށް އަންގައިގެން، އެ ސެކްޝަންގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އެކަން މީޑިއާއަކުން ފަޅާއަރުވާލުމުން، އެޗްއާރު ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފު ޤާނޫނާ ޚިލާފަށް ސްޓެލްކޯ އިން ސަސްޕެންޑު ކޮށްފައިވާ ކަމަށް ވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ، ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި އެމްޑީޕީ އަށް ނިސްބަތްވާ މުވައްޒަފުންނަށް ނޯޓިސް ދިނުމެއް ނެތި ވަޒީފާ އިން ވަކިކުރަމުންދާ ކަމަށެވެ. އަދި މިއީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާލަށް ގެންދިއުމުގެ ނިޝާނެއް ކަމަށާއި، ކޮމިއުނިސްޓް ޤައުމުތަކުގައި އޮންނަ ފަދައިން މައި ޕާޓީ އަށް ވަނުން މަޖުބޫރު ކުރަމުންދާ ކަމަށް ސަލީމް ތުހުމަތުކުރެ އެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން ޑީއެންއާރުގެ ޑޭޓާ ބޭސް ބޭނުން ކުރައްވައިގެން ޕީއެންސީ އަށް މެންބަރުން އިތުރުކުރި މައްސަލަ ވެސް އޭސީސީ އަށް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި އެދެވޭ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިފަދަ ޤާނޫނާ ޚިލާފު ކަންކަން ސަރުކާރުން ފާޅުގައި ކުރަމުންދާއިރު، މިނިވަން މުއައްސަސާތަކުން މިކަންކަން ތަހުގީގު ނުކުރުމަކީ އެ މުއައްސަސާތައް ޤާނޫނީ ގޮތުން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް މާޒް ސަލީމުގެ ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދައްކައިގެން ހިންގާ މި ޖަރީމާތައް ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް އޭސީސީ އަށް ވަނީ ގޮވާލާފަ އެވެ.