Live 6,008 stories Updated Sep 27, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި

ހައުސިންގ މިނިސްޓްރީން ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ ވާހަކަ ފެންމަތިވެފައިވަނިކޮށް، އެ މިނިސްޓްރީގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.

ރާއްޖެއިން މިހާތަނަށް އެޗްއައިވީ ޖެހިގެން 76 މީހަކު ރިޕޯޓުކޮށްފައިވޭ، އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން: މިނިސްޓަރު ގީލާ

ދިވެހިރާއްޖެއިން މިހާތަނަށް އެޗްއައިވީ ޖެހިގެން 76 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ އައު ތާރީހެއް ހެލްތު މިނިސްޓަރު ދެއްވައިފި

ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ރާއްޖެ ގެނެސް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އ…

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހާމަކުރަން ޖެހޭނެ، ފިލާތިބެ ރާއްޖޭގެ މުސްތަގުބަލު ރަހުނުކުރުމުގެ ހައްޤު އެއްވެސް މީހަކަށް ނޯންނާނެ: ޑރ. ޖަމީލް

ރަސްމާލެ މަޝްރޫއާ ގުޅިގެން ސަރުކާރުން ބޭރުގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.

އަބްދުއްރަހީމްގެ ޕާކިސްތާނު ދަތުރުފުޅުގައި ސުވާލު އުފެދޭ ސީރިއަސް ކަންތައްތަކެއް ހިނގާފައިވަނިކޮށް ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ގާނޫނީ އިމުން ބޭރުން ސުވާލު އުފެދޭ ސީރިއަސް ކަންތައްތަކެއް ހިނގާފައިވަނިކޮށް ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާ ކަމެއް، އެގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާ ކަމެއް ކަމަށާއި، އެގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ބ. ގޮއިދޫގައި ބޭނުން ކުރަމުންދަނީ ގަދީމީ އިންޖީނުގެއެއް، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ: ކައުންސިލްގެ ކުރީގެ ރައީސް

ބ. ގޮއިދޫގައި ބޭނުންކުރަމުންދާ އިންޖީނުގެއަކީ ގަދީމީ އިންޖީނުގެ އެއް ކަމަށާއި، އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝިޔާން ވިދާޅުވެއްޖެ އެވެ.

"ރައީސަކު ވެރިކަމަށް ގެނައުމަށް ނުކުރާހާ މަސައްކަތް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު، މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކުވެސް ނެތް"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު މުޅިން ގެއްލިފައިވާކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އަދި ނިލަންދޫ ކައުންސިލް ރައީސްކަން ވެސް ކުރައްވާފައިވާ މުހައްމަދު ޖަލީލް ވިދާޅ…

ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، މިހާރު އެ ރައީސަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށާއި، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަށް ވެސް ތެދުވެރި ނުވާނެކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަދި ނިލަންދޫ ކައުންސިލް ރައީސްކަން ވެސް ކުރަ…

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ހޮނިހިރު ދުވަހުގެރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

Loading fresh headlines…