ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ހޮނިހިރު ދުވަހުގެރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
މިއީ އެމަނިކުފާނުގެ ދެކަނބަލުންގެ އަމިއްލަފުޅު ނުރަސްމީ ދަތުރުފުޅަކަށް ވާތީ، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެ އެވެ. އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީޚެއްވެސް ހާމަ ކޮށްފަ އެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެކި ފަހަރު މަތިން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތައް ކުރައްވާފައިވެ އެވެ. އެގޮތުން، 21 މާރިޗު 2024، 30 އޭޕްރީލް 2024، 26 އޮގަސްޓް 2024، 29 ޖޫން 2025، 31 ޖުލައި 2025، 27 ޑިސެމްބަރު 2025، 24 މެއި 2026، މި ތާރީޚުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތައް ކުރައްވާފަ އެވެ.