Live 6,008 stories Updated Sep 28, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އަޅުގަނޑުމެން ދިން ނަސޭހަތް ގަބޫލުކޮށްގެން ގޭންގު މާރާމާރީތަކުގައި އުޅުނު ޒުވާނުން ދަނީ އެކަމުން ދުރުވާން ވަރަށް ބޮޑަށް މަަސައްކަތްކުރަމުން: އިހުސާން

ގޭންގު މާރާމާރީތަކުގައި އުޅުނު ގިނަ ޒުވާނުން މިހާރު އެކަމުގައި ނޫޅޭ ކަމަށާއި އެ ޒުވާނުން މިފަދަ ކަންކަމުން ދުރުވާން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އީގަލްސް ހިލްސް މަޝްރޫއާ ގުޅިގެން ނުރުހުން ފާޅުކުރާ ދިވެހިން ބްލެކްލިސްޓް ކުރުމުގެ މަސައްކަތް މުއިއްޒު ސަރުކާރާ ގުޅިގެން ޔޫއޭއީން ފަށައިފި

އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްރުން ހެދި ޑީލުގެ އިންވެސްޓްމަންޓާ ބެހޭ ގޮތުން މީސް މީޑިއާގައި ނުހުރުން ފާޅުކުރާ ދިވެހިރައްޔިތުން ބްލެކްލިސްޓް ކުރުމުގެ މަސައްކަތް ޔޫއޭއީން ފަށައިފި އެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ ދެ މީހުން ހައްޔަރުކޮށްފި

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނޭޕާލްއަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ ސިޔާސަތުތަކަކީ ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަން ކަމަށް ސިފަކުރި ފަރާތްތަކަށް ވެރިކަން ލިބުމުން، އެ ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަމުގެ ގޮތުގައި ސިފަކުރި ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް، ދިވެހި ރައްޔިތުންނަށް ބޭނުންވާ ފާގަތިކަން ހޯދައިދިނުމުގައި އެ ފަރާތްތަކަށް މިއަދު ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީ…

އީގަލް ހިލްސްއާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް އޮޑިޓްކުރުމަށް ގޮވާލައިފި

އީގަލް ހިލްސް ކުންފުންޏާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ނުވަތަ އެ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން، އޮޑިޓަރ ޖެނެރަލް މިހާރުން މިހާރަށް އެ އެއްބަސްވުން އޮޑިޓް ކުރެއްވުމަަށް އިގުތިސާދީ އަދި މާލީ ތަޖުރިބާކާރު އިސްމާއީލު ޒަރިޔަންދު ގޮވާލައްވައިފި އެވެ.

މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން، މިހާތަނަށް 180 މަގެއް މަރާމާތުކޮށް ނިންމާފައިވޭ: މޭޔަރު އާޒިމް

މާލޭގެ މަގުތަކަކީ އަމާން، ރައްކާތެރި އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ބުރަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގެއް މަރާމާތުކޮށް ނިންމާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޤައުމުގެ ބޮޑު ބައެއް ބޭރު ބަޔަކަށް ދިނުމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާތިނެއްގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމުގައި

ދިވެހި ޤައުމުގެ ބޮޑު ބައެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭރުގެ ބަޔަކަށް ދިނުމާ ގުޅިގެން، ގައުމުގެ އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާޠިނެއްގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އިންތިޚާބުތަކާ ދިމާކޮށް ވަޒީފާތަކަށް މީހުން ނެގީ ސުމާރެއް ނުބަލައި: ހުޅުދެލި ކައުންސިލް ރައީސް

އިންތިޚާބުތަކާ ދިމާކޮށް ވަޒީފާތަކަށް މީހުން ނެގި ސުމާރެއް ނުބަލާކަމަށާއި، އަދި ބައެއް މުވައްޒަފުން ޖޯލިފަތީގައި ވެސް ތިބެންޖެހޭކަމަށް ދ. ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނަސްރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގައި ދިވެހިރާއްޖެއަކީ ބަލި އިންޕޯޓު ކުރާ ގައުމަކަށް ވަނީ ހަދާފައި: ބޮންޑާ

މި ސަރުކާރުގައި ދިވެހިރާއްޖެ އަދި ޚާއްސަކޮށް މާލެއަކީ ބަލި އިންޕޯޓު ކުރާ ތަނަކަށް ހަދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ހުކުމުގެ މައްސަލައިގައި ދެން އޮތީ ސުޕްރީމް ކޯޓުން ހުކުމްކުރުން!

ތޫނު އެއްޗަކުން ހަމަލާ ދީ އައްޑޫ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހީމް ޝަހުމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅުމުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފި އެވެ.

ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެނައި ބަދަލުތަކާއެކު މައިސަރުކާރަށް ސަލާން ޖެހުން ވަނީ އިޔާދަވެފައި: ހުޅުދެލި ކައުންސިލް

ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރޭގައި ކަންބޮޑުވާ ކަންކަން އެބަހުރިކަމަށާއި، އެކަމުގެ ސަބަބުން ކައުންސިލުގެ ހިންގުމާއި އިދާރީ ކަންކަމަށް ދަތިތައް އެބަހުރިކަމަށް ދ، ހުޅުދެލި ކައުންސިލުގެ ރައީސް އަހުމަދު ނަސްރު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…