Live 6,008 stories Updated Oct 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 1.5 ލައްކަ ޑޮލަރު މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައިގައި، އެ ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާކުރަން އޭސީސީއިން ޕީޖީއަށް ފޮނުވަން ނިންމައިފި

މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ރާއްޖެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތީ ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވުމުގެ ފުރުސަތު ނުދިނުމުން: މެންބަރު ނާޒިލް

ދިވެހިރާއްޖެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިއޮތީ މީގެ ކުރިން ވެސް ރާއްޖޭގައި ބޭރު މީހުންނަށް ދާއިމީ ގޮތެއްގައި ވަޒަންވެރިވެވޭނެ ފަދަ ފުރުސަތުތައް ލިބި، އެކަމަށް ފުރުސަތު ނުދިނުމުން ކަމަށާއި، މިހާރު ވެސް އެގޮތަށް އަމަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގ…

ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑު ބައެއް ނިންމާފައިވާ ދ. މީދޫ ބަނދަރު މަޝްރޫއުގެ ބޭރު ތޮށިލުމުގެ މަސައްކަތް އަދިވެސް މި ސަރުކާރަށް ނިންމާލެވިފައި ނުވާތީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު

މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ''ދިވެހީންގެ ރާއްޖެ'' ގެ ނަމުގައި އައިސް މިއަދު ފެނިގެން މިދަނީ ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ބަދަލުކުރުމުގެ ތެރޭގައި "ޕްރެކްޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުރުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން

"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ވިއްކަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް، ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ސަރުކާރު ނިމިދާއިރު ކައުންސިލްތައް އޮންނަނީ ވިހައި މަރުވާ ބަލަހައްޓާ ތަނެއް ގޮތުގައި: މެންބަރު ދީދީ

ޕީޕީއެމް، ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ސަރުކާރު ނިމިދާއިރު ކައުންސިލްތައް އޮންނަނީ ވިހައި މަރުވާ ބަލަހައްޓާ ތަނެއް ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ދުވަހަކުވެސް ފާސްނުކުރާ ވަރުގެ ބޮޑު ބަޖެޓެއް ސަރުކާރަށް ފާސްކޮށްދީފައިވާއިރު އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ނުހިނގާ: މެންބަރު ޣަފޫރު

ރައްޔިތުންގެ މަޖިލީހުން ދުވަހަކުވެސް ފާސްނުކުރާ ވަރުގެ ބޮޑު ބަޖެޓެއް ސަރުކާރަށް ފާސްކޮށްދީފައިވާއިރު، އެއްވެސް ރަށެއްގައި ހިނގަންހުރި މަސައްކަތެއް ނުހިނގާ މުޅި ބަޖެޓު ހުސްވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ޖިނާއީ ދައުވާކޮށްގެން އުޅެނީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުންނުވާ ބަޔަކު އަޑީގައި ތިބީމައި: މޭޔަރު ސައުދު

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، ޖިނާއީ ދައުވާ ކޮށްގެން އުޅެނީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުން ނުވާ ބަޔަކު އަޑީގައި ތިބެގެން ކުރި ކަންކަމުގެ ސަބަބުންކަމަށް އެ ސިޓީގެ މޭޔަރު …

ސަބްމެރިން ކޭބަލް މަޝްރޫއު ހުއްޓުމަކަށް: މުއިއްޒުގެ ނާގާބިލު ސަރުކާރުން ޑިޖިޓަލައިޒޭޝަނާއި ޒަމާނީ ތަރައްގީގެ ވާހަކަދެއްކުން ހުއްޓާލުމަށް ގޮވާލައިފި

ކުރީގެ ސަރުކާރުން ފެށި ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް މަޝްރޫއު ތާވަލަށްވުރެ އަވަހަށް ކުރިއަށް ދަނިކޮށް، މި ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން އެ މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ދިވެހިރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް ވިއެޓްނާމްގެ ހާން ހޯ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

Loading fresh headlines…