ކުރީގެ ސަރުކާރުން ފެށި ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް މަޝްރޫއު ތާވަލަށްވުރެ އަވަހަށް ކުރިއަށް ދަނިކޮށް، މި ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން އެ މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަސައްކަތުގައި މަސައްކަތް ކުރެއްވި، ރައީސް އޮފީހުގެ އޭރުގެ އަންޑަރ ސެކްރެޓަރީ ފޯރ ލީގަލް އެފެއާޒް އަހުމަދު މައުރޫފް އެކްސްގައި ވިދާޅުވީ، ފެށިފައިވާ މުހިންމު ކަންކަން ނިންމާލުމުގެ ގާބިލުކަން ނެތި، ޑިޖިޓަލައިޒޭޝަނާއި ޒަމާނީ ތަރައްގީގެ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މަޝްރޫއުގެ އަސާސީ ބިންގާ ފެއިލްކޮށްލުމަށްފަހު، "މޯލްޑިވްސް 2.0" ނުވަތަ "ޑިޖިޓަލް ގަވަމަންޓް" ގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައްގެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރު ފެށި 'އޯޝަން ކަނެކްޓް' (އޯސީއެމް-އައިއޭއެކްސް) ސަބްމެރިން ކޭބަލް މަޝްރޫއަކީ ރާއްޖެއަށް ހަލުވި، ރައްކާތެރި އަދި އަގުހެޔޮ އިންޓަނެޓް ފޯރުކޮށްދިނުމަށާއި، ރާއްޖެއަކީ މުވާސަލާތީ މުހިންމު ހަބަކަށް ހެދުމުގެ އަމާޒުގައި ފެށި މަޝްރޫއެކެވެ. މީގެ އިތުރުން ޑޭޓާ ސެންޓަރުތައް ގާއިމުކޮށް ޑޭޓާ އެކްސްޕޯޓްކުރާ ގައުމަކަށް ރާއްޖެ ހެދުމަކީ ވެސް މި ޕްރޮޖެކްޓުގެ މައިގަނޑު އެއް މަގުސަދެވެ. ނަމަވެސް މި ސަރުކާރަށް މާލީ އިލްތިޒާމުތައް ފުރިހަމަ ނުކުރެވިގެން މި މަޝްރޫއު ނާކާމިޔާބީއާ ދިމާލަށް ގޮސް، އަމިއްލަ ފަރާތްތަކަށް ވަސީލަތްތައް ވިއްކާލަން މަޖުބޫރުވެފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ.

އޯ.ސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޯ.ސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން|ރައީސް އޮފީސް

އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ އަސާސީ ވަސީލަތެއް ދައުލަތުގެ ބާރުގެ ދަށުން ދޫވެ، ބޭރުގެ ފަރާތްތަކުގެ މިލްކުވެރިކަމަށް ދިއުމަކީ އިންޓަނެޓްގެ އަގު ބޮޑުވެ، ރާއްޖޭގެ ކުރިއެރުމަށް ހުރަސްއެޅި، ގައުމީ ސަލާމަތާއި މިނިވަންކަމަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ. 

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުގެ ސަބަބުން މިހާރު މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ. އަދި އޮޕަރޭޝަނަލައިޒް ކުރާނެ ފައިސާ ނެތިގެން 15 މިލިއަން ޑޮލަރުގެ ކޭބަލް ވެސް ބޭނުންނުކުރެވި ވަނީ ތާށިވެފަ އެވެ.

އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން|ރައީސް އޮފީސް

މި މަޝްރޫއާ ގުޅޭގޮތުން ނެރެފައިވާ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެ މަޝްރޫއުގެ މާލީ ބޮޑެތި ތަފާސްހިސާބުތަކާއި، ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ހާމަވެ އެވެ.

އޮޑިޓް ރިޕޯޓުގެ މުހިންމު ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް މި މަޝްރޫއަށް ޖުމްލަ 236 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މީގެ ތެރެއިން ސަރުކާރުން އިކުއިޓީގެ ގޮތުގައި އެކަނިވެސް 224.8 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމުކުރި ކޭބަލް ލޭންޑިންގް ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިފައިވީ ނަމަވެސް، އެ މަސައްކަތް ކުރި ކޮންޓްރެކްޓަރަށް ދޭންޖެހޭ 19.9 މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އެބައޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، 2024 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން 115.6 މިލިއަން ރުފިޔާ އަދި 7.5 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދޫކޮށްފައިވާކަން ފާހަގަކުރެވެ އެވެ. ނަމަވެސް، ފަހުން މި ފައިސާއަށް ވީގޮތެއް އަދި މިކަމުގެ ތަފްސީލުތަކެއް ސާފުވެފައި ނުވެ އެވެ. 

މި މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅޭ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މާލީ ހާލަތަށް ބަލާއިރު، 2023 ވަނަ އަހަރު އެކަނި ވެސް އެ ކުންފުންޏަށް 41.3 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނެވެ. މިއާއެކު އެ ކުންފުނީގެ ޖުމްލަ ގެއްލުން މިހާރު ވަނީ 94.7 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެއިތުރުން، އެކި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ކުންފުނިން ދައްކަންޖެހިފައިވާ ފައިސާގެ އަދަދު ވަނީ 133.9 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މީގެ އިތުރުން، މި މަޝްރޫއު އެހެން ޓެލެކޮމް އޮޕަރޭޓަރުންނާ ގުޅިގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އޮތްކަން އޮޑިޓުން އެނގުނު ނަމަވެސް، އެކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އޯ.ސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޯ.ސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން|ރައީސް އޮފީސް

މައުރޫފް ސިފަކުރެއްވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ މުސްތަގުބަލު ބަދަލުކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ގެއްލުވާލައި، ގަރުނުގެ މަޝްރޫއު ބޮޑު ނާކާމިޔާބީއަކަށް ބަދަލުކޮށްލުމެވެ.