Live 6,008 stories Updated Oct 7, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޖުމްލަ 5 މީހަކަށް އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން އޮޅުވާލައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށް ލާފައިވާ ހުސައިން ޝިފާއު ގޭބަންދަށް ބަދަލުކޮށްފި އެވެ.

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އައްޑޫ ސިޓީއަށް ނިސްބަތްވާ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކުރި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މި މައްސަލައިގައި ހޯމް މިނިސްޓަރުު އަލީ އިހުސާން ދެއްކެވި ވާހަކަފުޅުތަކާއި އަމަލީ ގޮތުން ކ…

މީޑިއާތަކަށް މައްސަލަ ތިލަވެ، ފާޑުކިޔުން އަމާޒުވުމުން ޕެރޯލް ބޯޑު މެންބަރުން ވަކިކޮށް، އަބުޗާ އަލުން ބަންދުކުރަން ނިންމައިފި!

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫ ސިޓީގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕެރޯލް ބޯޑުން މިނިވަން ކުރި މައްސަލައިގައި މީޑިއާތަކަށް މައްސަލަ ތިލަވެ، ފާޑުކިޔުން އަމާޒުވުމުން ޕެރޯލް ބޯޑު މެންބަރުން ވަކިކޮށް އިބްރާހީމް ރަޝީދު (އަބުޗާ) އަލުން ބަންދުކޮށްފި އެވެ.

އައު ޕާސްޕޯޓު ސްޓޮކް ލިބި، އާންމު ހާލަތަށް އަންނާނީ އަންނަ ހަފުތާގައިކަމަށް ބުނެ އިމިގްރޭޝަނުން އަނެއްކާވެސް އިތުރު ތާރީޚެއް ދީފި

އައު ޕާސްޕޯޓު ސްޓޮކް ލިބި، އާންމު ހާލަތަށް އަންނާނީ އަންނަ ހަފުތާގައިކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް އިތުރު ތާރީޚެއް ދީފި އެވެ.

ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރި ކުރަމުންދިޔަ މީހަކު އުމުރަށް ޖަލަށް!

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ގދ. ގައްދޫ، ނޫރީގެ އަލީ ޝަޒީނު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއް ގޮތުގައި ބާއްވަން ވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާ އުވާލުމުން އެދޭތެރެއިން ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފ…

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިން މަޝްރޫއު ކާމިޔާބުވެ އޭގެ ހުރިހާ ރަނގަޅެއް ލިބޭނީ މިހާރުގެ ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށްކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެ…

Loading fresh headlines…