ރަސްމާލެ
މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް
ކުންފުންޏަށް ދިން މަޝްރޫއު ކާމިޔާބުވެ އޭގެ ހުރިހާ ރަނގަޅެއް ލިބޭނީ މިހާރުގެ ސަރުކާރާއި،
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށްކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި
ހުންނަވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
އީގަލް ހިލްސް
ކުންފުންޏާ އެކު ކުރިއަށްދާ މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންނަށް ދެވެން އޮތް ކޮންމެ ސަޕޯޓެއް ވެސް
ދީގެން ކުރިއަށް ގެންދަންޖެހޭ މަޝްރޫއެއް ކަމަށެވެ.
މަހުލޫފު
ވިދާޅުވީ، މިފަހަރު އައިސްގެން އުޅޭ ކުންފުންޏަކީ މި މަޝްރޫއު ކުރިއަށް ގެންދެވޭނެކަމުގެ
ޤާބިލުކަން ހުރި ކުންފުންޏެއް ކަމަށާއި، އެ ފަރާތަކީ މިކަން ކުރެވޭނެ ކުންފުންޏެއް
ކަން ސިޔާސީ މީހުންނަށް އެނގޭ ކަމަށެވެ.
އެހެންކަމުން
މި މަޝްރޫއިން ހުރިހާ ރަނގަޅެއް ލިބޭނީ މިއަދުގެ ސަރުކާރާއި، ރައީސް އަށް
ކަން ސިޔާސީ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
އެހެންކަމުން އެންމެ ބޮޑަށް ސިޔާސީ މީހުން މިކަމާ ބިރުގަންނަނީ އެ ސަބަބާ ހުރެ ކަމަށް
އޭނާ ވިދާޅުވި އެވެ.
ރަސްމާލެ
މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު
މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ދަނީ ތައާރަފުކުރަމުންނެވެ. ނަމަވެސް މިއީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ރައީސް މުއިއްޒު
ކުރިއަށް ގެންދަވާ މަޝްރޫއެއްކަމުގެ ބޮޑެތި ތުހުމަތުތައް ވަނީ ފެންމަތިވެފަ އެވެ.