އައްޑޫ ސިޓީއަށް
ނިސްބަތްވާ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ
ދަށުން މިނިވަންކުރި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ގިނަ ސުވާލުތަކެއް
ވަނީ އުފެދިފަ އެވެ. މި މައްސަލައިގައި ހޯމް މިނިސްޓަރުު އަލީ އިހުސާން ދެއްކެވި ވާހަކަފުޅުތަކާއި
އަމަލީ ގޮތުން ކަން ހިނގާފައިވާ ގޮތާ ދެމެދު ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު: މި ޤާނޫނުން އަންނަ ބުރަތައް ކުރީގެ ހުކުމްތަކަށް ނުހިނގާނެކަމަށް ޤާނޫނުގައި ސާފުކޮށް އޮވޭ
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު: މި ޤާނޫނުން އަންނަ ބުރަތައް ކުރީގެ ހުކުމްތަކަށް ނުހިނގާނެކަމަށް ޤާނޫނުގައި ސާފުކޮށް އޮވޭ

މި މައްސަލައަކީ
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި،
ޑިންގީއަކަށް މަސްތުވާތަކެތި އަރުވައިގެން ދަނިކޮށް ފެންމަތިވި މައްސަލައެކެވެ. ފުލުހުން
ޑިންގީ މަޑުކުރަން އެންގުމުން، އޭނާ ވަނީ މަސްތުވާތަކެތި ހުރި ބަސްތާތަކާއި ފޯނު ކަނޑަށް
އުކާލާފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ހޯދައި، ތަހުގީގަށްފަހު ދައުވާ ކުރަން
ފޮނުވުމުން އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ.

މި މައްސަލައިގައި
2025 ވަނަ އަހަރުގެ މެއި މަހު އޭނާގެ މައްޗަށް 12 އަހަރާއި ބައިގެ ޖަލު ހުކުމެއް އައީ
ދައުލަތާއެކު ވީ އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

ޕެރޯލް ގާނޫނު
ބުނާގޮތުން މިފަދަ ކުށްވެރިންނަށް ލުއި ދެވޭނީ ހުކުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަ
ކުރުމުންނެވެ. އެއީ މަދުވެގެން 6 އަހަރާއި 3 މަސް ދުވަހެވެ. ނަމަވެސް އަބުޗާ މިނިވަންކުރިއިރު
އޭނާ ބަންދުގައި ހުރީ 5 އަހަރާއި 11 މަސް ދުވަހު ކަމަށްވާއިރު، މިއީ ގާނޫނުގައި ބުނާ
މުއްދަތަށްވުރެ ކުރު މުއްދަތެކެވެ.

މިނިސްޓަރުު
އިހުސާން ވިދާޅުވީ، މިދިޔަ އަހަރު މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން
މިފަދަ ކުށްވެރިންނަށް ލުއި ނުދެވޭނެ ކަމަށާއި، އެ އިސްލާހު ކުރީގެ ހުކުމްތަކަށް ވެސް
ހިނގާނެ ކަމަށެވެ.

އެހެންނަމަވެސް،
އެ ގާނޫނުގެ 176 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ، ގާނޫނު އައުމުގެ
ކުރިން ހިނގާފައިވާ ކަންކަމުގައި މީހަކަށް އުފުލަންޖެހޭ ބުރައެއް އުފުލަން
ނުޖެހޭނެ ކަމަށެވެ. ނަމަވެސް ލިބެން އޮތް މަންފާއެއް ނަމަ އެކަމަށް އެދެވިދާނެ ކަމަށް
އޮވެ އެވެ. މިއާއެކު އުފެދޭ ސުވާލަކީ، މިނިސްޓަރުު ގާނޫނާ ހިލާފަށް ނިންމުންތައް ނިންމަވަނީ
ސަރުކާރުގެ މޫނުމަތި ރީތިކުރުމަށްތޯ އެވެ. މިނިސްޓަރުާއި މި ސަރުކާރުގެ ވެރިން ތިއްބެވީ ޤާނޫނަށްވުރެ ވެސް
މަތީގައިތޯ އެވެ؟ ފަހުން ހަދާ ޤާނޫނެއް ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެކަމަށް
އަމިއްލަފުޅަށް ނިންމަވައި، މިއީ ސަރުކާރުގެ ސިޔާސަތާއި ނިންމުންކަމަށް ބުނެ ފުއްދާލެވިދާނެތޯ
އެވެ؟

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު: މި ޤާނޫނުން އަންނަ ބުރަތައް ކުރީގެ ހުކުމްތަކަށް ނުހިނގާނެކަމަށް ޤާނޫނުގައި ސާފުކޮށް އޮވޭ

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު: މި ޤާނޫނުން އަންނަ ބުރަތައް ކުރީގެ ހުކުމްތަކަށް ނުހިނގާނެކަމަށް ޤާނޫނުގައި ސާފުކޮށް އޮވޭ|ރާއްޖެ އެމްވީ

ނޫސްވެރިންގެ
ބައްދަލުވުމުގައި މިނިސްޓަރުު ވިދާޅުވީ، ޕެރޯލް ބޯޑުން ހަދަން ޖެހޭ އެސެސްމަންޓުތައް ވެސް
ހަދާފައިވާ ކަމަށާއި، ނިންމުންތައް ނިންމީ އެ އެސެސްމަންޓުތަކަށް ބެލުމަށް ފަހު
ކަމަށެވެ. އަދި ޕެރޯލް ބޯޑުގެ މެންބަރުން ވަކި ކުރެއްވިއެއް ކަމަކު، ބޯޑުގައި ތިބި
ފަރާތްތައް ކުށެއް ކޮށްފައިނުވާ ކަމަށާއި، މިކަމުގައި އަރާފައިވަނީ މާނަ ކުރުމުގެ
އޮޅުންތަކެއްކަމަށް ވެސް މިނިސްޓަރުު ވިދާޅުވި އެވެ.

ނަމަވެސް އަބުޗާއަކީ މީގެ ކުރިން ގްރޫޕު ހަދައިގެން
އަންހެން ކުއްޖަކު ރޭޕްކުރުމާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ ބޮޑެތި ރެކޯޑުތަކެއް
އޮތް މީހަކަށް ވާއިރު، އޭނާގެ ފުށުން ނުރައްކަލެއް ނެތް ކަމަށް ނިންމި ގޮތަކާމެދު ވެސް
ވަނީ ސުވާލު އުފެދިފަ އެވެ. އަދި މިނިސްޓަރުުގެ ވާހަކައިގައި އެއިން އެއްވެސް މައްސަލައެއް
ފާހަގަކުރައްވާ ނުވާއިރު، މިނިސްޓަރުު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ދިމާވި
ކަމަކީ މުއްދަތު ގުނުމާއި މާނަ ކުރުމުގައި އައި އޮޅުންތަކެކެވެ.

މި މައްސަލައިގައި
ޕެރޯލް ބޯޑުގެ 6 މެންބަރުން ވަކިކުރަން ނިންމާފައިވާއިރު، އެ މެންބަރުން އެއްވެސް ކުށެއް
ކޮށްފައި ނުވާ ކަމަށް މިނިސްޓަރުު ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ. ކުށެއް ނުކުރާ
ބަޔަކު ވަކިކުރީ ސަރުކާރުގެ "ސީރިއަސް" ކަން ދެއްކުމަށް ކަމަށް ބުނާއިރު،
މިކަން މީޑިއާއަށް ތިލަވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވަންދެން މަޑުކުރި ސަބަބެއް
ސަރުކާރަކަށް ސާފުކޮށްދެވިފައެއް ނުވެ އެވެ.