Live 6,008 stories Updated Oct 7, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު

މިސަރުކާރުން ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ދެ ދިވެހިން ހައްޔަރުކޮށްފި

ސްޓެއިންލެސް ސްޓީލް ފެންބޯ ތަށިތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ކްރިސްޓަލް މެތާއި، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ކެނަބިސް ބަޑްސްތަކަކާއެކު ދިވެހި ދެ ފިރިހެނަކު ތައިލެންޑުގެ ބެންގކޮކުން ހައްޔަރުކޮށްފި އެވެ.

ލޭއަޅާ ކުދިންނަށް ބޭނުންވާ ޑެސްފެރޮލް ފާމަސީތަކުން ނުލިބޭކަމުގެ ކަންބޮޑުވުން، ނަމަވެސް ސްޓޭޓް ފާމާއިން ބުނަނީ ބޭސް ލިބެން ހުންނާނެކަމަށް!

ލޭއަޅާ ކުދިންނަށް ބޭނުންވާ ބޭހެއް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ފާމަސީތަކުން ނުލިބޭ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފައި ވަނިކޮށް އެ ބޭސް ލިބެން ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެފި އެވެ.

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް: އަބްދުއްރަހީމް

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުއްވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ ކުށްވެރިއަކު ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް, މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެން…

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މާލީ މަންފާ އާއި މުދާ ދައުލަތަށް އަތުލައި، އެފަދަ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލަކީ ބްލެކްމެއިލް ބިލެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއި…

އެއް ގެއެއްގެ 5 މީހުންނަށް ވެސް ސިޔާސީ ވަޒީފާތައް ދީފައި އެބަހުރި، އާއިލާއަކަށް މަހަކު 2 މިލިއަން ރުފިޔާ ވަންނަ އާއިލާވެސް އެބަތިބި: ނާޒިލް

ބައެއް ފަރާތްތަކަށް ނުހައްގު މުއްސަނދިކަން ހޯދައިދިނުމަށްޓަކައި، ސަރުކާރުން އެއް ގެއެއްގެ 5 މީހުންނަށް ވެސް ސިޔާސީ ވަޒީފާތައް ދީފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގައި އޮތް ޓޫނާ ގާލާގައި ދިވެހި ރަހަތައް ޝެފް މަހާ ނަސީރު ހުށަހަޅައިދީފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ" ގައި، ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ލައިވްކޮށް ހުށަހަޅައިދީ، ރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތް ދައްކާލައިފި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް މިހާރު ހައްލުތައް ގެނެވިފައިވާކަމަށް ސަރުކާރުން ބުނެފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ހައްލުތައް ގެނެވިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޖުމްލަ 5 މީހަކަށް އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އައިސީޕީގެ ހާއްސަ ހަރަކާތްތަކެއް

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އިންސްޓިޓިއުޓް ފޯރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ (އައިސީޕީ) އިން އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިއަށްގެންދާ ނަފްސާނީ ދުޅަހެޔޮކަމުގެ ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

Loading fresh headlines…