ލޭއަޅާ ކުދިންނަށް ބޭނުންވާ ބޭހެއް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ފާމަސީތަކުން ނުލިބޭ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފައި ވަނިކޮށް އެ ބޭސް ލިބެން ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެފި އެވެ.
ލޭއަޅާ ކުދިންނަށް ބޭނުންވާ ބޭހެއް ކަމަށްވާ ޑެސްފެރޮލް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން ވަނީ ސްޓޭޓް ފާމާއަށް ގުޅާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެ ކުންފުނިން ބުނީ އެ ބޭސް ލިބެން އެބަހުރި ކަމަށާއި ނަމަވެސް ލިބެން ހުންނާނީ ތެލިސީމިއާ ސެންޓަރުން ކަމަށެވެ.
ނަމަވެސް ބެލެނިވެރިއަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ތެލެސީމިއާ ސެންޓަރަށް ދިއުމުން ވެސް ބޭސް ނުލިބުނު ކަމަށެވެ.
ޑެސްފެރޮލް އަކީ ތެލެސީމިއާ ކުދިންގެ ލެއިން ދަގަނޑުގެ ބައި ގިނަވިޔަނުދީ ހިފެހެއްޓުމަށް ޖަހާ އިންޖެކްޝަނެކެވެ.