ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ" ގައި، ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ލައިވްކޮށް ހުށަހަޅައިދީ، ރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތް ދައްކާލައިފި އެވެ.

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން
"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން

ރާއްޖެ އިސްތިހާރުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި މި ހަފުލާ ކުރިއަށްދިޔައީ "ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގަ އެވެ. މިއީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ޝެރަޓަން ޑާކާގައި ބޭއްވި ހާއްސަ ހަފުލާއެކެވެ.

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން
"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން

މި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް އެމް. ރަޝީދުއްޒަމާން މިއްލަތު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނާއި ވިޔަފާރިވެރިން ހިމެނޭހެން ގާތްގަނޑަކަށް 250 މެހެމާނުން މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން|ރާއްޖެ އެމްވީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޝިއުނީން ރަޝީދު ވަނީ، ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމުގެ މައްޗަށާއި، ބަންގްލަދޭޝްގެ މާކެޓަށް ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ބަންގްލަދޭޝްގެ މިނިސްޓަރު މިއްލަތުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން|ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ވެސް އިސްތިހާރުކުރެވިގެންދިޔަ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޕިޓީކިއާ ހޯލްޑިންގްސް، ވަރު ބައި އެޓްމޮސްފިއަރ، މިފްކޯ، މޯލްޑިވިއަން، ޝެރަޓަން ޑާކާ، ދަ ވޭ ޑާކާ އަދި އިންޒާ ކުންފުނިން ވަނީ  އެހީތެރި ފޯރުކޮށްދީފަ އެވެ.