ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ، ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ހަދައިދީފި!
ލޮލުގެ ސިއްހީ ހިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ހިދުމަތަކަށް ހެދުމަށާއި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކް ކޮށް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.