އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓެއްގެ ތެރެއިން ބަޑީގެ ހަމަލާއެއް ދީފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓްރަމްޕް އާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓުގައި ބަޑީގެ ހަމަލާތަކެއްް ދީފައިވާއިރު، ސަލާމަތީ ބާަރު ތަކުން ވަނީ ވަގުތުން ޓްރަމްޕް ރައްކާތެރި ތަނަކަށް ގެންގޮސްފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ސަލާމަތީ ބާރު ތަކުގެ އަވަސް އަދި ހަރުދަނާ ފިޔަވަޅަށް ތައުރީފު ކުރައްވައިފަ އެވެ.