Live 6,019 stories Updated May 10, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރަށް މިއަދު އޮތީ 30 އިންސައްތަ ރައްޔިތުންގެ ތާއީދު ކަމަށާއި 2028 ވަނަ އަހަރާ ހަމައަށް އެ އަދަދު 15 އިންސައްތަ އަށް ދަށްވެގެންދާނެ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގަދަ ވައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

1447 ވަނަ އަހަރުގެ އަޟްހާ އީދުގައި ބ. ކަމަދޫގައި ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ހއ ދިއްދޫ: އިންތިޚާބާ ދިމާކޮށް އާ މަޝްރޫއުތައް ހަވާލުކުރި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

ހއ ދިއްދޫގައި މަޝްރޫއުތައް ހުއްޓިފައި ހުއްޓައި އިންތިޚާބަށް އެއް ދުވަހަށް ވެފައިވަނިކޮށްވެސް މަޝްރޫއުތައް ޙަވާލުކުރިކަމަށް އެ ރަށު މީހުން ބުނެފިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި

ދިވެހި މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވޭ ބިދޭސީ މަސައްކަތްތެރިންގެ ސިއްހަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ އާންމު ސިޔާސަތުތަކުގެ މައިގަނޑު އަސާސަކަށް ވާންޖެހޭނެ ކަމަށް އދ. ގެ އެކްސްޕާޓަކު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި، ސި…

ޖޫން މަހު ހަމަވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް، އިންޑިއާ އަށް ދައްކަންޖެހޭ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު

ރާއްޖެ އިން އިންޑިއާ އަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް މި ފެށޭ ޖޫން މަހު ފައިސާ ދައްކަން ޖެހޭއިރު، އެ ފައިސާ ދެއްކޭނެ ފަދަ މާލީ ތަނަވަސްކަމެއް ދައުލަތުގެ ރިޒާވްގައި ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި: މީހަކަށް ގެއްލުމެއް ނުވޭ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް

ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.

ވޯޓާ ދިމާކޮށް މުވައްޒަފުން ނެގިނަމަވެސް، މަޑުއްވަރީ އާރްޑީސީ އަދި އެމްޓީސީސީ ސައިޓުގެ މަސައްކަތް މުޅިން ހުއްޓިފައި!

ރ. މަޑުއްވަރީގައި ހުރި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ސައިޓުތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެރަށު ރައްޔިތުން އެކަމުގެ ޝަކުވާކޮށްފިއެވެ.

"ޕާސްޕޯޓު ބުކްލެޓް" ހުސްވެގެން އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި

ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ ބުކްލެޓްގެ ސްޓޮކް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން، އީ-ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…