އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު
ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށާއި ނަމަވެސް ކުރާ ޚަރަދާ އެއްވަރަށް ބޭރު ގައުމުތަކުން ރާއްޖެއަށް އެހީ ނުލިބެނީ އެތަންތަނަށް އައްޔަނު ކުރައްވާފައި ތިއްބަވާ ބޭފުޅުން މަސައްކަތް ނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ…