އދ. ހަންޏާމީދޫގައި ކުޑަ ކުއްޖަކު ބަގީއަކާއެކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.
ހުކުރު ދުވަހު ހިނގި މިހާދިސާގައި މަރުވީ އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުހައްމަދު އަރީޝް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި ދުއްވީ އެވެ. އަދި ކޮންޓްރޯލް ކުރަން ނޭނގި ބަގީ ގޮސް ބަނދަރުގެ ފަޅުތެރެއަށް ވެއްޓުނީ އެވެ. އެ ވެއްޓުނު ގަޑީގައި ކުއްޖާ ވިއްސައިގެން ގޮސް ކައިރީގައި އޮތް ދޯންޏެއްގައި ބޯ ޖެހި އަނިޔާވި ކަމަށް މައުލޫމާތު ލިބެ އެވެ.
އެކުއްޖާ މަރުވީ އެރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށެވެ.