ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ އިން ސައުދީ
އަރަބިއްޔާގެ ޖިއްދާއަށް ޑައިރެކްޓް ފްލައިޓް ބޭއްވުމަށް ދަތުރުވެރިޔާއިން ތައްޔާރުވާން
ފަށައިފި އެވެ.

މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިން
ސީދާ ޖިއްދާއަށް ކަމަށްވާއިރު މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުޅުލެ ނޫން އެހެން
ސަރަހައްދަކުން ޑައިރެކްޓްކޮށް ޖިއްދާ އަށް ދެވޭ ފަހަރުއެވެ. މިއީ މޯލްޑިވިއަން
އާއި ދަތުރުވެރިޔާ ގުޅިގެން ތަޢާރަފްކުރާ ދަތުރުތަކަށްވާއިރު، އަންނަ ޖުލައި
މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ފްލައިޓް ބާއްވާނެ ކަމަށް ދަތުރުވެރިޔާއިން މައުލޫމާތުދެ
އެވެ.

އައްޑޫ އިން ސީދާ ޑައިރެކްޓް ފްލައިޓްގައި ޖިއްދާއަށް
ދާ ފަރާތްތަކަށް 46 ކިލޯގެ ލަޖެގް ގެންދެވޭނެ އެވެ.

އުމުރާގެ އަޅުކަމަށް ފުރަން ތައްޔާރުވަމުންދާއިރު
މިވަގުތު ދަތުރުވެރިޔާގެ ފަރާތުން ގެންދަނީ، ހާޖީންނަށް ހަމައަށް ދޮރުން ދޮރަށް
އުމުރާ ކިޓްތައް ހަވާލުކުރަމުންނެވެ. ދަތުރުވެރިއާ އިން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތަކުގެ
ތެރޭގައި އައްޑޫ އިން ފުރާ ޢުމްރާވެރިންގެ ލަގެޖް ދޮރުން ދޮރަށް ގޮސް ކަލެކްޓް ކުރުމާއި
އަދި ފަސް އުމުރާ ކުރުމުގެ ފުރުޞަތު ދެ އެވެ.

ހަމަ މިއާއި އެކު ޢުމްރާވެރިން އުމުރާގެ އަޅުކަމާއި
ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ގިނަ އޮންލައިން ސެޝަންތައް ކުރިއަށްގެންދެ
އެވެ. އަދި އުމުރާގެ އަޅުކަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތް ފަރާތެއް ނަމަ އެސުވާލަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން މޯލްޑިވިއަން އާއި ދަތުރުވެރިޔާ
ގުޅިގެން މިއަހަރުގެ ޖުލައި، ޑިސެމްބަރ އަދި އަންނަ އަހަރުގެ ރަމަޟާން މަހަށް ވަނީ
ދަތުރުތައް ހުޅުވާލާފަ އެވެ. އެގޮތުން މިހާރުން ފެށިގެން ރަޖިސްޓަރ ކޮށްގެން ދަތުރުގެ
ޖާގަ ttumurah.com
ކަށަވަރު ކުރެވޭނެ އެވެ.

އައްޑޫ ސިޓީގެ މަރަދޫގައި މިހާރު ދަތުރުވެރިޔާގެ އޮފީހެއް
ހުޅުވާފައި ހުރި އިރު، ހިތަދޫގައި ވެސް ވަރަށް އަވަހަށް އޮފީހެއް ހުޅުވުމަށް ދަނީ
ތައްޔާރުވަމުންނެވެ. އަދި މި ދަތުރާ ގުޅޭ މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކުރައްވަން
ބޭނުންފުޅުވާ ނަމަ ދަތުރުވެރިޔާގެ ހޮޓްލައިން ނަންބަރު 1510 އަށް ގުޅައިގެން
މައުލޫމާތު ސާފުކުރެވޭނެ އެވެ.