ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާތީ، އެކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.