އަޕަރ ސައުތު
ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި
ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު،
މި މައްސަލައާ ގުޅިގެން މިހާތަނަށް ދިވެހި 9 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި
ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު
20 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މައްސަލަތަކެއް
ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ
ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ
އެވެ. މިކަމާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ
ގޮތުގައި ބަލައި، ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.
މި މައްސަލައިގެ
ތަހުގީގު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު
ވަނީ އެ ރަށަށް ފޮނުވާފަ އެވެ.