Live 6,013 stories Updated Aug 31, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައީސް މުއިއްޒު އުޅެނީ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަން، ބޭނުމަކީ ރާއްޖޭގެ ކޮންޓްރޯލް ނަގައިގެން ދިގު މުއްދަތަކަށް ވެރިކަމުގައި ހުރުން: ޔައުގޫބު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަައްވަން ކަމަށާއި، އެކަމުގެ ބޭނުމަކީ މުޅި ރާއްޖޭގެ ކޮންޓްރޯލް ނަންގަވައިގެން، ވެރިކަމުގައި ދިގު މުއްދަތަކަށް ހުންނެވުން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅ…

މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފި! މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެއް!

މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާ މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

އަންހެނަކަށް ވެގެން ވަގު އައިޑީއެއް ހިންގައި، ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ޖަލަށްލައިފި

އަންހެނަކަށް ވެގެން ފޭސްބުކްގައި ވަގު އައިޑީއަކުން އެކި މީހުންނާ ގާތް ގުޅުން އުފައްދައި، އޮޅުވާލައިގެން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށްލައި ޖޫރިމަނާކޮށްފި އެވެ.

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،800 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ކެޓަގަރީ ބަދަލުކުރުމާ ގުޅިގެން އެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް! އެމްއެޗްޕީޔޫގެ ސިޓީއެއް މިނިސްޓަރު އިހުސާނަށް!

ބޭރުގެ ސިއްހީ މާހިރުންގެ މަސައްކަތުގެ ދާއިރާ ނުވަތަ އޮކިއުޕޭޝަން ކެޓަގަރީއަށް ގެނައި ބަދަލާ ގުޅިގެން, ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ދަނީ ރައްޔިތުންގެ "ލަފުގައި" ހިފައި މަގުމަތި ކުރަމުން: އަމީތު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންގެ "ލަފުގައި" ހިފައި މަގުމަތި ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

މަސްތުގެ ހާލަތުގައި ހުރެ ގަދަކަމުން ކާރު އަތުލައިގެން ދުއްވި މީހެއްގެ ސަބަބުން ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވި މީހެއްގެ ސަބަބުން ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ

ހުޅުމާލެ ފޭސް ދޭއްގައި ސައިކަލަކާއި މަގު ހުރަސްކުރި މީހެއް ގައިގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު

ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްޤީ ދައްކައިދޭ މަޝްރޫއެއް ނޫން ކަމަށާއި، އެއީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…