ރައީސް ޑރ. މުހައްމަދު މުއިއްޒުގެ
ސަރުކާރުން ދަނީ ރައްޔިތުންގެ "ލަފުގައި" ހިފައި މަގުމަތި ކުރަމުން ކަމަށް ރައްޔިތުންގެ
މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ
ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، ރައީސް މުއިއްޒު
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެއްވެސް މީހަކު ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ނިމިދިޔަ ރޯދަމަހު ވެސް
އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.
އަމީތު
ވިދާޅުވީ ވަޒީފާ އިން ނުހައްގުން މީހުން ވަކިކުރުމުގެ ސަބަބުން ނިކަމެތިވެގެން
ދަނީ ވަޒީފާ އަދާކުރި މީހާ އެކަނި ނޫން ކަމަށާއި، އެކަމުގެ ގެއްލުން އެނާގެ އާއިލާ
އާއި އޭނާގެ މައުސޫމު ދަރިން ތަހައްމަލު ކުރަން ޖެހޭ ކަމަށެވެ.
ވަޒީފާތަކުން
މީހުން ވަކި ކުރަމުންދަނީ ވަޒީފާތައް މަދުކުރުމަށް ކަމަށް ސަރުކާރަށް
ނިސްބަތްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަން ފާހަގަކޮށް އަމީތު ވިދާޅުވީ، ސަރުކާރުގެ އާދައިގެ ވަޒީފާތަކުން ވަކި ކުރަމުންދާ މީހުންނަށް ވުރެ، ސަރުކާރުގެ ބޮޑެތި
މަގާމުތަކަށް އައްޔަނުކުރާ މީހުން ދަނީ އިތުރުވަމުން ކަމަށެވެ.
ވަޒީފާތަކުން ތިމަންނަމެން މީހުން ވަކި ކުރަނީ ވަޒީފާތައް މަދުކުރަން ކަމަށް އެބަ ބުނޭ. އެހެން ނަމަވެސް ވަޒީފާތަކުން ވަކި ކުރާ އަދަދައްވުރެ ގިނަ ވަޒީފާތަކަށް މީހުން ލަމުންދާ އަދަދު. އޭގެ ތެރޭގައި މިނިސްޓަރުންގެ ފެންވަރުގައި، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި، އެމްޑީންގެ ފެންވަރުގައި. މި މަގާމުތަކަކީ މިއީ ތިރީސް ހާހުން، ސާޅީސް ހާހުން، ފަސްދޮޅަސް ހާހުން މުސާރަ ލިބޭމުހައްމަދު އަމީތު
ވެރިކަމުގެ ހުރިހާ ބާރެއް އުފެދިގެން އަންނަނީ ރައްޔިތުންގެ ހަމައިން ކަމަށާއި، އެ ބާރުތައް ދަމަހައްޓަނީ ވެސް ރައްޔިތުންކަން ގާނޫނު އަސާސީގައި ބުނެފައިވާކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ ސަރުކާރުން ދަނީ ރައްޔިތުންގެ ހައްގުތައް
ނިގުޅައިގަންނަމުން ކަމަށާއި، މިކަމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ
ކަމަށެވެ. އަދި ރައްޔިތުންގެ އަތުގައި އޮތް ބާރެއް ބޭނުން ނުކުރާ ނަމަ، ހުދުމުހުތާރުކޮށް ވެރިކަން ކުރާ ސަރުކާރަކަށް ހުދުމުހުތާރު ވުމުގެ ފުރުސަތު
ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ވަޒީފާތަކުން ވަކި ކުރަމުންދާ
މީހުންގެ ހައްގުތައް ހޯދައިދިނުމަށް އެމްޑީޕީގެ ފަރާތުން ކުރަން ޖެހޭ ހުރިހާ
މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އަޅުގަނޑަށް މިކަމަށް ފެންނަ ހައްލަކީ ވަޒީފާއިން ވަކި ކުރާ ފަރާތްތަކުން ވެސް އިހުތިޖާޖަށް ނުކުންނަންވީ. އެއީ ހައްގުތައް ނިގުޅައިގަންނަ ނަމަ ގާނޫނު އަސާސީގައި އޮތް އެންމެ އަސާސީ ހައްގަކީ އިހުތިޖާޖު ކުރުން. އިހުތިޖާޖަށް ނުކުތީމަ ނޯންނާނެ ސަރުކާރަށް ކުރެވޭނެ ކަމެއް. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ވެރިކަމުގެ ހުރިހާ ބާރެއް އުފެދިގެން އަންނަނީ ރައްޔިތުންނާ ހަމައިންނޭ. އަދި އެ ބާރުތައް ދަމަހައްޓަނީ ވެސް ރައްޔިތުން ކަމަށް. އެހެންވެ ރައްޔިތުންގެ އަތުގައި އޮތް ބާރެއް ރައްޔިތުން ބޭނުންނުކުރާ ނަމަ ހުދުމުހުތާރުކޮށް ވެރިކަން ކުރާ ފަރާތަކަށް ހުދުމުހުތާރު ވާން ފުރުސަތު ލިބިގެންދަނީމުހައްމަދު އަމީތު
އަމީތު ވިދާޅުވީ މިހާރު މިފެނިގެން ދަނީ ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތި، ގައުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް
އެނގިފައި ނުވާ މަންޒަރު ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެއްވެސް މީހަކު ނުހައްގުން ސިޔާސީ
ބޭނުމެއްގައި ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ.
ނަމަވެސް ފަހަކަށް އައިސް އެތައް ބަޔަކު، ހާއްސަކޮށް އިދިކޮޅު އެމްޑީޕީ އަށް
ނިސްބަތްވާ އެތައް މުވައްޒަފުންނެއް ދަނީ ނުހައްގުން ވަޒީފާތަކުން ވަކިކުރަމުންނެވެ.
މިގޮތުން ހޮނިހިރު ދުވަހު އެކަނި ވެސް ކޮލަމާފުށިން އަދި ފުވައްމުލަކުން ވެސް
ވަނީ ސަރުކާރު ކުންފުނިތަކަށް ނިސްބަތްވާ އެތައް މުވައްޒުފުންތަކެއް ނުހައްގުން
ވަކިކޮށްފައި އެވެ.