ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްޤީ ދައްކައިދޭ
މަޝްރޫއެއް ނޫން ކަމަށާއި، އެއީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން
ދައްކައިދޭ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު
ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖަށް 8 އަހަރު ފުރުނު މުނާސަބަތުގައި ރައީސް މުއިއްޒު
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާއާ
ދެމެދު އޮތް އިތުބާރާއި އެއްބައިވަންތަކަން އަދި ހިއްސާކުރާ އުންމީދުތައް
ދައްކައިދޭ މަޝްރޫއެއް ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިންޕިންގް އާއެކު
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ މުސްތަޤުބަލަށް
އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު ކުރަށްވާ ކަމަށެވެ. މި މުނާސަބާތް ފާހަގަ ކުރެއްވުމަށް ރައީސް މުއިއްޒު ވަނީ ބްރިޖު ހިމެނޭ
ސަރަހައްދަށް ޒިޔާރަތް ކުރައްވައިފަ އެވެ.

2018 އޮގަސްޓު 30 ގައި ރަސްމީކޮށް ހުޅުވާލި ސިނަމާލެ ބުރިޖަކީ ވެރި ރަށް މާލެ
އާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވާލި 1.39 ކިލޯމީޓަރު ހުންނަ ބޮޑު މަޝްރޫއެކެވެ. މި
މަޝްރޫއަށް ޖުމްލަ 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފަ އެވެ.