Live 341,824 stories Updated Feb 21, 2026
Browse topics All stories

Latest stories

Live feed

ލަންކާގައި ބުޅަލުން ރޭބީޒް ފެތުރޭތީ އިންޒާރު ދީފި

ބުޅަލުގެ ޒަރިއްޔާއިން، ފުރާނައަށް ނުރައްކާވާ ރޭބީޒް ފެތުރުން ލަންކާގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެހެންވެ އެކަމަށް ސަމާލުކަން ދިނުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެމެރިކާގެ ފިއްތުންތަކާއި ނުރައްކަލުން އީރާން ދިފާޢުކުރުމުގައި ޚާމާނާއީ

ދާޚިލީ ހަމަނުޖެހުންތަކާއި ބޭރުގެ ފިއްތުންތަކުން އީރާނު ސަލާމަތް ކުރުމުގައި އެތައް ކާމިޔާބީއެއް މީގެކުރިން ހޯއްދަވާފައިވާ އީރާނުގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީއަށް އަނެއްކާވެސް މިވަނީ އެމެރިކާގެ ފިއްތުންތަކާއި ބިރު ދެެއްކުމުގެ ޢަމަލުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެމެރިކާ ހިމެނޭގ…

އިޖުތިމާއީ އަދުލަކީ ހުރިހާ ރަށެއްގެ މީހުންނަށް ހަމަހަމަ ފުރުސަތު އޮތުން: ރައީސް

އިޖުތިމާއީ އަދުލަކީ ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުންނަށް ހަމަހަމަ ފުރުސަތުތަކާއި ހިމާޔަތާއި ރައްކާތެރިކަން ހަމަހަމަ ގޮތެއްގައި އޮތުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަޤްޞާ މިސްކިތުގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސްއަޅައިފި

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް މުސްލިމުން ވަނުމަށް ޔަހޫދީން ހުރަސްއަޅައިފިއެވެ. މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ކުރަން އެތަކެއް ހާސް މުސްލިމުން އ…

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ހުރިހާ އުޅަނދެއް ނަގަން މުހުލަތެއް!

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ރަޖިސްޓަރީ ނުކޮށް މަގުތަކުގައި ބަހައްޓާފައިވާ އަދި އެހެން ޒޯނުތަކަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ފުލުހުން ނިންމައިފި އެވެ.

ވެޓެރެންސް މުބާރާތް ނިއު ފެށީ މޮޅަކާއެކު

އެފްއޭއެމް ވެޓެރަންސް ކަޕް 2026 ގައި ކުޅުނު ފުރަތަމަ މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮއްފިއެވެ. ނިއު މެޗު ކާމިޔާބު ކުރީ ދަ ގްރާންޑޭއާ ވާދަކޮށް 2-0 މެޗު ކާމިޔާބުކޮއްގެންނެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ދެޓީމުގެ ކުރިމަތިލުމުގައި ނިއުގެ ކުރީގެ ވަރަށް ގިނަ ތަރިންތަކެއް ވަނީ ފެނިގެން…

ރަމަޟާން ކުރިކެޓް ކާނިވާ: މިއަދުގެ މެޗުތައް ޓީއެފްޓީ އަދި އޭވިއާ މޯލްޑިވްސްއަށް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތައް ޓީއެފްޓީ އަދި އޭވިއާ މޯލްޑިވްސްއިން ކާމިޔާބިކޮށްފިއެވެ. މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ފ…

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ(30 އަހަރު) އެވެ. މި މީހާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހަށް ހުށައެޅީ އަންގާރަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އ…

ޓްރަމްޕު ޓެރިފް ކަނޑައެޅީ ގާނޫނީ އިމުގެ ބޭރުން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ބޭރުގެ އެކި ގައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރަން ނިންމެވީ، ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ގާނޫނީ އިމުގެ ބޭރުން ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

Loading fresh headlines…