ސަރުކާރުން ރައްޔިތުން ބަސްބުނުމަށް އޮތް ފުރުސަތުތަށް ހަނިކޮށްފި
މި ސަރުކާރުގެ ދައުރުގެ މިވީ ދެ އަހަރާއި ބަޔަށް ބަލާއިރު ރައްޔިތުންނަށް ބަސް ބުނަން ހުރި ފުރުސަތުތައް ހަނިކޮށް، ބަންދުކުރަން ރާވައިގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތުހުމަތުކުރައްވައިފިއެވެ.