ރާއްޖޭގައި މަސައްކަތްކުރާ 64 އިންސައްތަ ނަރުހުންނަކީ ދިވެހިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖޭގައި ޖުމްލަ 3,907 ނަރުހުން ދަނީ ޚިދުމަތް ދެމުންނެވެ.

އޭގެތެރޭގައި އަންހެން 3,593 ނަރުހުން ހިމެނޭއިރު ފިރިހެން 314 ނަރުހުން ވެސް ހިމެނެއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން 64 އިންސައްތަ ނަރުހުންއަކީ ދިވެހިންނެވެ.

އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ނަރުހުންގެ އަދަދަކީ 36 އިންސައްތަ ކަމަށް މިނިސްޓްރީން ހާމަކުރެެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 1918 ނަރުހުން މަސައްކަތްކުރަނީ އަތޮޅުތެރޭގައެވެ. މިގޮތުން މިއީ ޚިދުމަތުގައި ހަރަކާތްތެރިވާ ނަރުހުންގެ 49 އިންސައްތައެވެ.

މީގެ އިތުރުން 1989 ނަރުހުން މަސައްކަތް ކުރަމުންދަނީ މާލެ ސަރަހައްދުގައެވެ. މިއީ ނަރުހުންގެ 51 އިންސައްތަ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.