Live 341,353 stories Updated Mar 12, 2026
Browse topics All stories

Latest stories

Live feed

"ސެޓްޕީސް އެފްސީ"، އާސެނަލް ސަލާމަތްވީ ޕެނަލްޓީއަކުން

ލެވަކޫސަން (މާޗު 12) - ކޯނަރުތަކުން ގޯލު ޖަހަން މަޝްހޫރު އާސެނަލް، ރޭ ބެޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ކޯނަރެއްގެ ބޭނުން ނުހިފި، ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ގޯލު ޖަހައި 1-1 އިން މެޗު އެއްވަރުކޮށްލައިފި އެވެ.

ޕީއެސްޖީން ދުނިޔޭގެ ޗެމްޕިއަނުންގެ ހިތް މަރާލައިފި

ޕެރިސް (މާޗު 12) - އެންމެ ފަހުގެ ޗެމްޕިއަންސް ލީގު އަދި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެގެން ވެސް ޗެމްޕިއަންކަން ހޯދި ޕީއެސްޖީން، ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި، ދުނިޔޭގެ ޗެމްޕިއަން ޗެލްސީ 5-2 އިން ބަލި ކޮށްފި އެވެ.

ޗެމްޕިއަންސް ލީގު ކްލެސިކޯ: ވިނީ ވެސް ހުއްޓައި ރެއާލްގެ ހެޓްރިކް ހީރޯއަކަށް ވެލްވާޑޭ

މެޑްރިޑް (މާޗު 12) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ފަހުން އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި ގަދަ 16 ގެ ފުރަތަމަ ލެގުގައި، ފެޑެރިކޯ ވެލްވާޑޭގެ ހެޓްރިކަކުން 3-0 އިން ރެއާލް މޮޅު ވެއްޖެ އެވެ.

އީރާނުގެ ބޮމުގެ ހަމަލާއެއްގެ ބިރަށް އޮސްކާ އެވޯޑް ހަފުލާގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މި އަހަރުގެ އޮސްކާ އެވޯޑް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އީރާނުން އެމެރިކާގެ ކެލިފޯނިއާއަށް ޑްރޯން ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އެފްބީއައި އިން ދީފައި ވާތީ އެ ހަފުލާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރައްޔިތުންނާ ގުޅުންހުރި އެހެނިހެން އަސާސީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް މަކަރާއި ހީލަތުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

އެމްޑީޕީން މިހާރު ކުރަމުންދާ މަސައްކަތަކީ ދިވެހިރާއްޖޭގައި އަނެއްކާ ވެސް ރައްޔިތުންގެ ބައިވެރިވުން އޮންނަ، ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުން ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް

ވަރަށް ގިނަ ރައްޔިތުން ބޭނުންވަނީ މި ސަރުކާރު ބަދަލުކުރަން ކަމަށާއި ރައްޔިތުން ތިބީ މި ސަރުކާރާ ދޭތެރޭގައި ވަރަށް ބޮޑު ހިތްހަމަނުޖެހި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…