ޙައްޖުގެ އަޅުކަމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ދަތުރުވެރިން ސަމާލުވުމަށް އެމްއޭސީއެލްއިން އެދިއްޖެއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5،7،8، އަދި 9ވަނަ ދުވަހުއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ގިނަ އަދަދެއްގެ ދަތުރުވެރިންނާއި ޙައްޖާޖީން އަދި ޙައްޖާޖީން ބަލައި ގިނަ ބަޔަކު އެއާޕޯޓަށް އަންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އެހެންކަމުން އެ ދުވަސްތަކުގައި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
TRAVEL ADVISORY 📢pic.twitter.com/agpi8Be6Vs
— Maldives Airports Company Ltd (@MACLmedia)June 3, 2026
އެމްއޭސީއެލްއިން ވިދާޅުވީ، މިކަމުގެ ސަބަބުން އެ އައާޕޯޓުގެ ޕާކިންގެ އިތުރުން އެއާޕޯޓުގެ ޓްރެފިކަށްވެސް އެ ދުވަސްތަކުގައި ބަރަށް ބާރުބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއަރޕޯޓުގެ ބަސް ބޭނުންކުރެއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި މިމަހުގެ 5 ވަނަ ދުވަހު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަންނާނީ ސައުދިއާ އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ވެލާނާ އިންޓަރނޭޝާނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ގަޑިން 14:00 ގައެވެ.
މިމަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ހަމަޖެހިފައިވަނީ އެދުވަހު ރާއްޖެ ގަޑިން 17:40 ގައެވެ. މި ދުވަހު ހައްޖުވެރިން ރާއްޖެ އަންނާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.
ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8ވަނަ ދުވަހު ރާއްޖެ ގަޑިން 14:00 ގައެވެ. މިއީ ސައުދިއަރ އެއަރލައިންގެ ފްލައިޓެއް ކަމަށް ދިވެހި ހައްޖު މިޝަނުން ވިދާޅުވިއެވެ.
ފަހު ފްލައިޓު މިމަހުގެ 9ވަނަ ދުވަހު ރާއްޖެ އަންނައިރު، މި ފްލައިޓު ރާއްޖޭގައި ޖައްސާނީ ހަވީރު ދަންވަރު 12:00 ޖަހާއެހައިކަށްހާއިރު ކަމަށް ދިވެހި ހައްޖު މިޝަންއިން ވިދާޅުވެއެވެ. ދިވެހި ހައްޖާޖީން ދަތުރުކުރާ ފަހު ފްލައިޓަކީ މޯލްޑިވިއަންގެ ފްލައިޓެކެވެ.
އްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.