މެއި މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، (މިފްކޯ)އިން ބުނެފި އެވެ.

މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.
މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.

މިފްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހާއި އަޅާބަލާއިރު މެއި މަހު މަސްވެރިކަން ވަނީ ދަށަށް ގޮސްފަ އެވެ.

މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.
މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.

ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު މިފްކޯ އަށް 693 ދޯންޏަކުން ވަނީ، 1791 ޓަނުގެ މަސް ކިރާފަ އެވެ. އަދި ކިރުވާފައިވާ މަހަށް 31،081،853 (އެއް ތިރީސް މިލިއަން އަށްޑިހަ އެއްހާސް އަށް ސަތޭކަ ފަންސާސް ތިން) ރުފިޔާ ވަނީ ދޫކޮށްފައިވެ އެވެ. 

އެގޮތުން 1708.9 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، ކަޅުބިލަމަހަށް 29،063،153 (ނަވާވީސް މިލިއަން ފަސްދޮޅަސް ތިން ހާސް ސަތޭކަ ފަންސާސް ތިން ރުފިޔާ) ދޫކޮށްފައިވެ އެވެ. މިއީ 367 ދޯނިން ކިރުވާފައިވާ މަހެވެ.

10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 138،000 (ސަތޭކަ ތިރީސްއަށްހާސް ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 217 ދޯންޏަކަށް، 1،880،700 (އެއް މިލިއަން އަށްސަތޭކަ އަށްޑިހަ ހާސް ހަތް ސަތޭކަ) ރުފިޔާ ދޫކޮށްފައިވެ އެވެ. 

މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.

މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.

މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.
މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.

މީގެ އިތުރުން އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިފްކޯ އަށް 1068 ދޯންޏަކުން ވަނީ، 4،414 ޓަނުގެ މަސް ކިރާފަ އެވެ. އަދި ކިރުވާފައިވާ މަހަށް 78،778،405 (ހަތްދިހަ އަށް މިލިއަން ހަތްލައްކަ ހަތްދިހަ އަށްހާސް ހަތަރު ސަތޭކަ ފަހެއް ) ރުފިޔާ ދޫކޮށްފައިވެ އެވެ.

މިދިޔަ މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އޭޕްރީލް މަހުގެ ތެރޭގައި ގއ. ކޫއްޑޫ އިން މަސްވެރިންނަށް ތެޔޮ ނުލިބޭ ކަމަށް ބުނެ، މަސްވެރިން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ. އަދި މަހަށް ފުރޭ ގޮތް ނުވެ ވަރަށް ބޮޑަށް ދަތިތައް ކުރިމަތިވާ ކަމަށާއި، ދުރު ސަރަހައްދުތަކަށް ގޮސް ރަނގަޅަށް މަސްވެރިކަން ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ.