Live 6,010 stories Updated Sep 1, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ފެލިވަރުގައި ތަރައްގީ ކުރަމުންދާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމަވާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

ފެލިވަރުގައި ތަރައްގީ ކުރަމުންދާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމަވާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު

ރާއްޖެއަށް ޑޮލަރު ނުވަންނަނީ ނޫން ކަމަށާއި ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް ޚަރަދުކޮށް އަޅައި ވަޅުލަމުންދަނީ ރަސްމާލެ މަޝްރޫއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނާ ޚިލާފަށް ޑޮލަރު ވިއްކާތީ ފުރަވެރި ރިސޯޓު ކުންފުނީގެ އޮފީސް އެކައުންޓުތައް ފްރީޒްކޮށް، އޮފީހުގެ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް

ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް، ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރ. ފުރަވެރި ރިސޯޓާއި ޕޭޖް ހާޑްވެއާ ހިންގާ، ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފި އެވެ.

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާއަކާ މެދު ސަރުކާރާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބަސްމަގު އުޑާއި ބިމާހާ ތަފާތުވެއްޖެ އެވެ.

ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ބުޅާ ގެންގުޅުމަށް ޚާއްސަކޮށްގެން "ކެޓް އައިލެންޑެއް" ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު

ބާރު ދުވެލީގައި ކުރިއަރަމުންދިޔަ ދިވެހިރާއްޖޭގެ އިގުތިސާދު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރަށް ފަހަތަށް ޖައްސާލައިފި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި އެ ސިޓީގެ މޭޔަރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެ ދައުވާއެއް އުފުލައިފި އެވެ.

މައިމޫން ހައްޔަރުކުރީ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް، އޭނާ މިނިވަން ކުރުމަށް ރައީސް ސޯލިހު އާއި ރައީސް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން އަހުމަދު މިނިވަން ކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްވެރިން ގޮވާލައްވައިފި އެވެ.

Loading fresh headlines…