މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ ފާއިޒު އައްޔަނުކުރައްވައިފި އެވެ. 

އަންގާރަ ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މިފްކޯގެ ޗެއާޕާސަންކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މއ. ދޭލިޔާގެ އަބްދުﷲ ފާއިޒު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އަބްދުﷲ ފާއިޒު ވަނީ މީގެ ކުރިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގެ ޗެއާމަންކަން އަދާކުރައްވާފަ އެވެ. އަދި ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.