ގދ.ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ
ބަންގްލަދޭޝް އަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު ފެނިފައި
ވަނީ ތިނަދޫގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ކަމަށް ފުލުހުން
ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެ ބިދޭސީ މީހާ އަށްފަރުވާ ދިނުމަށް ހޮސްޕިޓަލަށް
ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް
ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ފަތިހު 4:11
ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.