Live 6,009 stories Updated Sep 21, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަނަށް، 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!

މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.50 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ރައީސް މުއިއްޒުގެ އެންމެ އިޝާރާތަކުން ގައުމުގެ އިގުތިސާދީ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ހަލާކުކޮށް، ގައުމު ދަނީ ބަނގުރޫޓުކުރަމުން: ފައްޔާޒު

ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދީ މައިބަދަ ބިންދައިގެންދާ ފަދަ ނުރައްކާތެރި ހާލަތަކަށް ރާއްޖެ މިސްރާބު ޖަހާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރަން ޖެހޭ ގޮތަށް، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ދެ ބޭފުޅަކު އައްޔަނުކޮށްފި އެވެ.

ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯ އިން އެންގުމުން، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މޭޔަރަށް ޕެޓިޝަނެއް!

މާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކޮށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ރިޒާވް ހުސްވެ، ދަރަނި ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރަން ސަރުކާރުން ދަނީ ބޭންކަށް މަޖުބޫރުކުރަމުން: ނަޝީދު

ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގައި ބޭނުންކުރެވޭނެ ބޭރު ފައިސާ މިވަގުތު ނެތް ކަމަށާއި، ދައުލަތުން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމު ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރުމަށް ސަރުކާރުން އެ ބޭންކަށް މަޖުބޫރުކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރ…

ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ތިއްބެވި ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވާފައިވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބައްލަވައި، އެމްއެމްޕީއާރްސީގެ ޚިޔާނާތް ތަހުގީގު ކުރެއްވުމަށްފަހު އަދުލުވެރިކަމުގެ ވާހަކަ ދެއްކެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސުން ޖަލުގައި ތިއްބެވި ހާލަތާ މެދު ރައީސް މުއިއްޒު އެހާ ކަންބޮޑުވެވަޑައިގަންނަވާ ނަމަ، އެތަން 'ޕެންޓް ހައުސް' އަކަށް ބަދަލުކޮށް ފައިވް ސްޓަރ ފެންވަރަށް ބަދަލުކުރަންވީ ނޫންތޯ: ރައީސް ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލުގައި ގެންގުޅުއްވި ގޮތާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިއަހަރު މެއި މަހުގެ ނިޔަލަށް 15.92 މިލިއަން ރުފިޔާ ހަރަދުކޮށްފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިދިޔަ މެއި މަހުގެ 27 ގެ ނިޔަލަށް 15.92 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީ އާދިއްތަ ދުވަހު އަވަހާރަވެއްޖެ އެވެ.

މި ސަރުކާރުން ހޮސްޕިޓަލު އެޅުމުގެ ނަމުގައި ރަށްރަށުގައި ފެށި ޕްރޮޖެކްޓުތައް ބަލިމަޑުކަން އުފެދޭ ސަބަބަކަށް އެބަވޭ: އިހުސާން

މިސަރުކާރުން ހޮސްޕިޓަލު އެޅުމުގެ ނަމުގައި ރަށްރަށުގައި ފެށި ޕްރޮޖެކްޓްތައް، އެ ރަށްރަށުގައި ބަލިމަޑުކަން އުފެދޭ ސަބަބަކަށް ވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

Loading fresh headlines…