Live 6,008 stories Updated Oct 2, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އަމާޒަކީ މާލެ އިން ރައްޔިތުން ހޯދަން އެދޭ ދިރިއުޅުން ރަށްރަށުން ހޯދާ ދީ، ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން: ނަޝީދު

އެމްޑީޕީ ގެ ކޮންގްރެސްގައި ކުރިއަށް ގެންދާ އިންވެސްޓްމަންޓް ފޯރަމްގެ ބޭނުމަކީ، ރަށްރަށުން އެކިއެކި ބޭނުމަށް މާލެ އަށް އަންނަ ރައްޔިތުން އެދޭފަދަ ދިރިއުޅުމެއް، އެ ރަށްރަށުން ހޯދައިދީ ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން ކަމަށް، އެ ޕާޓީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖ…

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަނު ހުންނެވުމުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިއްޖެ އެވެ.

ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!

ދ. މީދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު ހުއްޓިފައިވާތީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި އަހަރުގެ 9 މަސްދުވަހުގެ ތެރޭގައި ޒަކާތު ފަންޑަށް 109 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބި، ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތު ފަންޑަށް ލިބުނު ފައިސާގެ އަދަދު، ވޭތުވެދިޔަ 2025 ވަނަ އަހަރު މުޅި އަހަރު ދުވަހު ލިބުނު ޖުމްލަ އާމްދަނީއަށްވުރެ އިތުރުވެ، ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ. މިއީ ރާއްޖޭގައި މުދަލު ޒަކާތް ނެރުމުގެ ވާޖިބު އަދާކުރުމަށް ރަ…

މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަނީ ރައީސް މުއިއްޒު ވައުދުވާ ކަންކަން ނުވާނެ ކަމަށް: ޝާހިދު

މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާ ކަންކަން ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ފުނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން

ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދިނުމާއި، ބޭރު މީހުން މިތަނުގެ ވަޒަންވެރިންނަށް ވެގެން އައުމަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގެއްލިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ތިލަފުށި ޕޯޓާއެކު މުދާ އަވަހަށް ބޭލި، ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ: މިނިސްޓަރު ސައީދު

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމަށް ހިންގާ ބިޔަ މަޝްރޫއު ނިމުމާއެކު އާންމު ދިރިއުޅުމުގެ ޚަރަދުތައް ކުޑަވެ، ތާޒާކަންމަތީގައި ކާބޯތަކެތި ލިބެން ފަށާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރަށެއްގައި ތިބޭ ފުލުހުންގެ އަދަދު މަދުވުމަކީ ޚިދުމަތުގެ ފެންވަރު ދަށްވާންޖެހޭ ސަބަބެއް ނޫން: ސީޕީ

ރަށެއްގައި ތިބޭ ފުލުހުންގެ އަދަދު މަދުވުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ދަށްވާންޖެހޭ ސަބަބެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިއްރު އެއްބަސްވުމަކުން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާއެކޭ ބުނެގެން ނުވާނެ، އެފަދަ މަސައްކަތެއް އެމްޑީޕީ ސަރުކާރެއްގައި ކުރިއަށް ދިއުމަށް ޖާގަ ވެސް ދީގެން ނުވާނެ: ރައީސް ސޯލިހް

މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއްވާހަކަ އަކީ ރަސްމާލެ ޕްރޮޖެކްޓްގެ ވާހަކަ ކަމަށާއި، ސިއްރު އެއްބަސްވުމެއްގެ ދަށުން ހިނގާ އެއްވެސް ކަމަކަށް އާއެކޭ ބުނެގެން ނުވާނެ ކަމަށް ވިދާޅުވެ، އެފަދަ ކަންކަމަށް އެމްޑީޕީގެ ސަރުކާރެއްގައި އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު …

ޝުއޫރު ފާޅުކޮށްފައިވާ ޕޯސްޓަރުތަކާ އެކު، އެމްޑީޕީގެ ކޮންގްރެސްގައި ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުރާސްފަތި ދުވަހުގެ ރޭ ފެށި، "އެމްޑީޕީ ކޮންގްރެސް 2026" ގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް އަޑުއުފުލައި، ސަރުކާރާ ދެކޮޅަށް ޝުޢޫރު ފާޅުކޮށްފި އެވެ.

Loading fresh headlines…