ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ގްރައުންޑް ފްލޮރގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެހުގެ ގްރައުންޑް ފްލޮރގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވެ އެވެ.
ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސްގެ ގްރައުންޑް ފޮލަރގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތަކު ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައި ހުރީ ތިރީގައި ހުރި ކުނި ތަކެއްގަ އެވެ. އަދި މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން 17 ވަނަ ފްލޯރ އިން މީހުން ފައިބަން ޖެހުނީ ސިޑިން ކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ.