މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުރާސްފަތި ދުވަހުގެ ރޭ ފެށި، "އެމްޑީޕީ ކޮންގްރެސް 2026" ގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް އަޑުއުފުލައި، ސަރުކާރާ ދެކޮޅަށް ޝުޢޫރު ފާޅުކޮށްފި އެވެ.

އެމްޑީޕީ ކޮންގްރެސް 2026 ގައި ސަރުކާރާ ދެކޮޅަށް ލިޔެފައިވާ ލިޔުންތަކާއެކު
އެމްޑީޕީ ކޮންގްރެސް 2026 ގައި ސަރުކާރާ ދެކޮޅަށް ލިޔެފައިވާ ލިޔުންތަކާއެކު

އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ. ކޮންގްރެސް ހިނގަމުންދިޔަ ވަގުތު އަދި އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދެވި ވަގުތު، ކޮންގްރެސްގެ ގިނަ ބައިވެރިންތަކެއް ވަނީ އެކި ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ތެދުވެ، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ.

އެމްޑީޕީ ކޮންގްރެސް 2026 ގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބިރު ދެއްކުމާ ވަޒީފާ އިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް ލިޔެފައިވާ ޕޯސްޓަރުތަކާއެކު ބައިވެރިން
އެމްޑީޕީ ކޮންގްރެސް 2026 ގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބިރު ދެއްކުމާ ވަޒީފާ އިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް ލިޔެފައިވާ ޕޯސްޓަރުތަކާއެކު ބައިވެރިން
އެމްޑީޕީ ކޮންގްރެސް 2026 ގައި ސަރުކާރާ ދެކޮޅަށް ލިޔެފައިވާ ލިޔުންތަކާއެކު

އެމްޑީޕީ ކޮންގްރެސް 2026 ގައި ސަރުކާރާ ދެކޮޅަށް ލިޔެފައިވާ ލިޔުންތަކާއެކު|އެމްޑީޕީ ސެކްރިޓޭރިއެޓް

ކޮންގްރެސްގެ ބައިވެރިން ބޭނުންކުރި ބޯޑުތަކުގައި  މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދައްކާ ބިރުދެއްކުން ހުއްޓާލުމަށެވެ. އެގޮތުން، މަސްވެރިންނަށް ބިރުނުދެއްކުމަށާއި، މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދީ ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ. މީގެއިތުރުން، ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށާއި، އެއީ އެމްޑީޕީ ކަމަށްވުމުން އެ ޕާޓީގެ މެންބަރުންނަކަށް ބިރެއް ނުދެއްކޭނެ ކަމަށް ލިޔެފައިވާ ބޯޑުތައް ވެސް ކޮންގްރެސްގެ ބައިވެރިން ވަނީ ދައްކާލާފަ އެވެ.

އެމްޑީޕީ ކޮންގްރެސް 2026 ގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބިރު ދެއްކުމާ ވަޒީފާ އިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް ލިޔެފައިވާ ޕޯސްޓަރުތަކާއެކު ބައިވެރިން

އެމްޑީޕީ ކޮންގްރެސް 2026 ގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބިރު ދެއްކުމާ ވަޒީފާ އިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް ލިޔެފައިވާ ޕޯސްޓަރުތަކާއެކު ބައިވެރިން|އެމްޑީޕީ ސެކްރިޓޭރިއެޓް

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ މައިގަނޑު ސަބަބަކީ، މިހާރުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، މިނިވަން މުއައްސަސާތަކަށާއި ނޫސްވެރިކަމަށް ހުރަސްއަޅައި، ވަޒީފާގެ ބިރުވެރިކަން އުފައްދަމުންދާތީ އެވެ. އެހެންކަމުން، މި އަމަލުތަކާ ދެކޮޅަށް އެމްޑީޕީ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ކޮންގްރެސްގެ ބައިވެރިން ވަނީ ފާޅުކުރި ޝުއޫރުތަކުން ހާމަކޮށްދީފަ އެވެ.