ރަށެއްގައި ތިބޭ ފުލުހުންގެ އަދަދު މަދުވުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ދަށްވާންޖެހޭ ސަބަބެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އދ. ކުނބުރުދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުއްވައި ދެއްވުމަށްފަހު ވާހަކަދައްކަވަމުން ފުލުހުންގެ ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ، ރަށްރަށުގައި ރައްޔިތުންނަށް ޕްރޮފެޝަނަލް ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، ފުލުހުންގެ ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ އަދި އެކަށީގެންވާ ވަސީލަތްތައް ހުރި މަރުކަޒުތަކެއްގައި ތިބެގެން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ފުލުހުން ނެތް ރަށްރަށުގައި ފުރަތަމަ ފުލުހުން ގާއިމުކުރުމަށްފަހު، މިހާރު ކުރިއަށްދަނީ އެ ރަށްރަށުގައި އަމިއްލަ މަރުކަޒުތައް ގާއިމުކޮށް ފުރިހަމަ ޚިދުމަތެއް ދިނުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަރުކަޒުގައި ޚިދުމަތްކުރާ މުވައްޒަފުންނާ މުހާތަބުކުރައްވައި ސީޕީ ވިދާޅުވީ، މަދު ފުލުހުންކޮޅެއް ތިބެގެން ރަނގަޅު، އެފިޝަންޓް، އަދި އިފެކްޓިވް މަސައްކަތެއް ކުރުން މާ މުހިންމު ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނާ ދޭތެރޭ އޮންނަންޖެހޭ ގާތް ގުޅުން ބާއްވައި، ފުލުހުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކޮށް މިސާލު ދެއްކުމަށް ސީޕީ އެދިވަޑައިގެންނެވި އެވެ.
މަދު ފުލުހުންކޮޅެއް ތިބެގެން ރަނގަޅު، އެފިޝަންޓް، އިފެކްޓިވް މަސައްކަތެއް ކުރެވުނީމާ، ގިނަ ބަޔަކު ތިބެގެން ރައްޔިތުން އުއްމީދު ކުރާ ވަރަށް އެ މަސައްކަތް ނުކުރެވުން، އެއަށްވުރެ ރަނގަޅުވާނެ މަދު ބަޔަކު ތިބެގެން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުން. އެހެންވީމަ އަޅުގަނޑު އެދެނީ، ކިތަންމެ މަދުން ފުލުހުން ތިބުން އެއީ ސަބަބެއް ކަމަށް ނުބަލައި، އެ ތިބޭ ފުލުހުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނާ ދޭތެރޭ އޮންނަންޖެހޭ ގާތް ގުޅުން ބާއްވައިގެން، އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކުރަމުން ރައްޔިތުންނާ ގުޅިގެން މި މަސައްކަތް ކުރުމަށްއަހުމަދު މުހައްމަދު
މީގެއިތުރުން، މުއައްސަސާގެ ޖުމުލަ ސްޓްރެންތު އިތުރުވަމުންދާ ވަރަކަށް ކުނބުރުދޫ ޕޮލިސް ޕޯސްޓަށް ވެސް އިތުރު ފުލުހުންނާއި ވަސީލަތްތައް ހަމަޖައްސާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އަބަދުވެސް މަސައްކަތް މަސައްކަތް ކުރާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.