Live 6,008 stories Updated Oct 15, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫންކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އަޅާ ތިލަމާލެ ބްރިޖުން ހަގީގީ ފައިދާ ނެގޭނީ ކުރީ ސަރުކާރުން މާލޭ ސަރަހައްދުން ދޫކުރި ފްލެޓްތަކާއި ގޯތިތަކުގައި މީހުންނަށް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދީގެން ކަމަށާއި، އެހެން ނޫންނަމަ އެ ބްރިޖު އޮންނާނީ ހަމައެކަނި ލޮރީ ދުއްވަން ކަމަށް ކުރީގެ ނައިބު ރައ…

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

ސަރުކާރުގެ ނާގާބިލުކަމުން ވައްޓާލި އިގްތިސާދީ އަނދިރި އަނދަވަޅުން އަރައިގަތުމަށްޓަކައި އެންމެ ފުރަތަމަ ވެސް އަތްބޭނީ ރާއްޖޭގެ ރިސޯޓުތަކަށާއި އެތަންތަނުގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންގެ ޖީބަށް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު

މަގުބޫލުކަން ގެއްލިފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާފައިވާ ބިންތަކުގައި ކަމަށާއި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކެއްގައެއް ނޫންކަމަށް ވިދާޅުވެ، ރަސްމާލޭގެ މަޝްރޫއު ހައުސިންގ މިނިސްޓަރުު ޑރ. އަބްދުﷲ މުއްތޮލިބް ދިފާއު ކުރައްވައިފި އެވެ.

ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކާ ގުޅޭ މައްސަލައިގައި 53 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކާއި ބޭރުގެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ނަޒީމް މަޤާމުން ވަކިކޮށް، އާރްޑީސީ ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއާ ހަވާލުކޮށްފި އެވެ.

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

ސަރުކާރުން ބޭރުގެ ކުންފުންޏަކަށް ފުށިދިއްގަރުފަޅުން ބޮޑު ބައެއް ދީގެން ހިންގާ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހާމަކޮށް، އެ މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި

މަހު މުސާރަ ލިބުމުން ގޭގެ ކުލި ދައްކައި، ކަންމަތީ ފިހާރައިން ކާބޯތަކެތި ގަތުމަށްފަހު ފަހަށް ރައްކާކުރާނެ އެއްވެސް ފައިސާއެއް ރައްޔިތުންގެ އަތުގައި ބާކީ އޮވޭތޯ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ސުވާލު އުފައްދަވައިފި އެވެ.

މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް

ތައުލީމީ ނިޒާމަށް ކުއްލި ބަދަލުތައް ގެންނަމުންދާތީ ދަރިވަރުންނާއި ޓީޗަރުންނަށް އޮތް ޕްރެޝަރު ބޮޑުވެ، ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު

ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް ނަމަވެސް މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ނުވަތަ ޓެކްސްޓަަކުން ބަދަލުކުރަމުންދާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ވިއްކަން ބަހައްޓާ މުދަލުގައި އަގު ނުޖަހާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ

ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ސާފުކޮށް އެނގެން ނުހުންނަ މައްސަލައިގައި، ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބުނެފި އެވެ.

Loading fresh headlines…