ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން (އާރުޑީސީ) ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަދި
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއާ ހަވާލުކޮށްފި އެވެ.

މި ބަދަލު
ގެނެސްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަގާމުން ވަކިކުރުމަށް ފަހުގަ އެވެ.

ސަރުކާރު
ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން
ބޯޑު (ޕީސީބީ) އިން ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ،
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން
އިބްރާހިމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. ނަޒީމް މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން
ހާމަކޮށްފައެއް ނުވެ އެވެ.

އާރުޑީސީގެ
އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ސައުދީ އައްޔަނުކޮށްފައިވަނީ
14 އޮކްޓޯބަރު 2026 އިން ފެށިގެން ކަމަށް ޕީސީބީން މައުލޫމާތުދެ އެވެ. ސައުދީއަކީ މިހާރު ވެސް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) ގެ މެނޭޖިންގ
ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މީގެ
އިތުރުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އަފީފް ހުސެއިން ވެސް ބުދަ
ދުވަހު ވަނީ ވަކިކޮށްފަ އެވެ.