Live 5,246 stories Updated Mar 30, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފި އެވެ.

ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް

އޭޕްރީލް 4 ގައި ނަގާ ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ރައްޔިތުން ބޭނުންވޭތޯ ނުވަތަ ނޫންތޯ ކަމަށާއި، އެހެންކަމުން އެ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނަންޖެހޭކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

މިހާރު ސަރުކާރުން ކުރަމުން އަންނަ ކަންކަން ރަސްކަމަކާ ދިމާލަށް ދާ ކަމަށާއި، އެކަން ބޭނުންނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނަންވީ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

ތިނަދޫ ސިޓީގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފައި ކަމަށާ، އެޔެއް ނުހޭލި ކަމަށާ އަދި މި ސަރުކާރަށް އެ ނުވެސް ހޭލެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ދިވެހިރާއްޖެ މިއޮތީ ރިފެރެންޑަމް އިންތިޚާބެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން ކަމަށާއި، ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ރިފެރެންޑަމް ކުރިއަށް ގެންދަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ …

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

މިސަރުކާރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ވޯޓު ބާތިލުވާ ގޮތަށް ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުންދާ އެމްޑީޕީން ބުނެފި އެވެ.

ސާޖަންޓް އާދަމްގެ މަރު: މައްސަލަ އަލުން ބެލުމުންވެސް ކުށް ސާބިތުވެއްޖެ!

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އެންގި އެންގުމުގެ ދަށުން މައްސަލަ ބެލުމުންވެސް އޭނާއަށް ކުށް ސާބިތުވެއްޖެ އެވެ.

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން: ސުއޫދު

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ޑަބްލިއުޑީސީ އިންތިޚާބު އަދި ޚިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް، މި ސަރުކާރުން ޚަރަދަކަށް ބެލުމެއް ނެތި ވަޒީފާތައް ބަހަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަށް ކުރީ ސަރުކާރު ގޯސްވެއްޖެ އެވެ…

Loading fresh headlines…